ENGLISH
05 އޭޕްރީލު 2026
އެމްޓީސީސީން އަންނަނީ 683 މަޝްރޫއެއްގެ މަސައްކަތްކުރުމުން، ތަނަވަސްވި މާލީ ޖާގައާއެކު މަސައްކަތް ހަލުއިވާނެ
04 އޭޕްރީލު 2026
|
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައުދީ، ފޮޓޯ: ދައުރު
އެންމެ މަޤްބޫލު
އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 683 މަޝްެރޫއެއް ހިންގަމުންދާއިރު، ސުކޫކު ވިއްކަައިގެން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރުމުން ތަނަވަސްވާ މާލީ ޖާގައިގެ ސަބަބުން މި މަޝްެރޫއުތަކުގެ މަސައްކަތް ހަލުއިކުރެވޭނެ ކަމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް ރޭ "އެމްއެމްޓީވީ"ގެ ނިއުޅެމުންދާ ހަބަަރު ޕްރޮގުރާމަށް ދެއްވި މައުލޫމާތުގައި ސައުދީ ވިދާޅުވީ އެ ކުންފުނިން ހިންގަމުންދާ ގިނަ މަސައްކަތްތަކީ ރާއްޖެއިން ބޭރުން މެޓީރިއަލް ގެނެސްގެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމުގައިވާތީ، ސުކޫކު އަދާކުރެވުމުން އެކަންކަމަށް ބޭނުންވާ ބޭރު ފައިސާ ހަމަޖެހުމުގައި ހުރި ދަތިތައް ފިލައިގެންދާނެ ކަމަށެވެ.
އޭގެ އިތުރަށް ސައުދީ ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން މެޓީރިއަލް ފޯރުކޮށްދޭ ގޮތަށް ނުވަތަ ފައިސާ ހަމަޖައްސާ ގޮތަށް ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގުމަށް އަމިއްލަ ފަރާތްތަކުން އެ ކުންފުންޏަށް ހުށަހެޅި ނަމަވެސް، ރާއްޖޭގެ މާލީ ހާލަތު ކުރިން އޮތް ގޮތުން އެފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ.
ރާއްޖެއިން މިފަހުގެ ތާރީހުގައި އެއްފަހަރާ އަދާކުރި އެންމެ ބޮޑު ދަރަނި އަދި ދެއްކި އެންމެ ބޮޑު ޕޭމެންޓު ދައުލަތުގެ އަމިއްލަ މާލީ ބާރުވެރިކަމުގައި އަދާކޮށް ހަލާސްކުރެވިފައިވާތީ، ކުރިއަށް އޮތް ތަނުގައި ބޭރުގެ އިންވެސްޓަރުންނާއި އަމިއްލަ ވިޔަފާރިތަކުގެ އިތުބާރު ރާއްޖެއާމެދު ބޮޑުވެ، އެފަދަ މަޝްރޫއުތައް ހިންގައި ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް ސައުދީ ގަބޫލުކުރައްވައެވެ.
"އެހެންވީމާ މިހާރު މި ސުކޫކު ދައްކާ ނިމުނީމާ، އިރާދަކުރެއްވިއްޔާ މި ގަވަމެންޓުގައި ދިވެހިރާއްޖޭގެ ކޭޝް ފްލޯ ރަނގަޅުވެގެން އަންނަ ވަރަކަށް ކޮންފިޑެންސް ލިބޭނެ، ބޭރުގެ ފަރާތްތަކުގެ އިންވެސްޓުމެންޓުތަކާއި ފައިނޭންޝަލް ސަޕޯޓު ލިބުނީމާ އަޅުގަނޑުމެންނަށް މިހާރު ދަތިވެފަ މިހުންނަ މިސާލަކަށް ރާއްޖެއިން ބޭރުން މެޓީރިއަލްސް ގެނައުން ފަދަ ކަންކަން ފަސޭހަވެގެންދާނެ،" ސައުދީ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވި ގޮތުގައި ބަނދަރު ހެދުމުގެ 115 މަޝްރޫއެއް އެ ކުންފުނިން ހިންގަމުންދާއިރު، ރަށް ގިރުމުގެ މައްސަލަ ހައްލުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 69 މަޝްރޫއެއް އެމްޓީސީސީން ހިންގަމުންދެއެވެ. މި މަޝްރޫއުތަކަކީ ނިސްބަތުން ބޮޑެތި، ގިނަ އަދަދެއްގެ މެޓީރިއަލް ބޭނުންވާ މަޝްެރޫއުތައް ކަމުގައި ސައުދީ ވިދާޅުވިއެވެ.
ސުކޫކުގެ ދަރަނި އަދާކުރުމަށް އޮވެ، ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު އޮތުމަކީ އެމްޓީސީސީއަށް މުދާ ފޯރުކޮށްދިނުމުގައި އެކި ބާވަތުގެ ލުއިތައް ފޯރުކޮށްދެމުންދާ ފަރާތްތަކުން އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަންބޮޑުވުމެއް އޮތް ކަމެއް ކަމުގައިވާތީ އެ ފައިސާ އަދާކުރެވުމަކީ އެފަދަ ފަރާތްތަކުގެ އެހީތެރިކަން ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމުގައި އެމްޑީ ވިދާޅުވެފައިވެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގަމުންދާ އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގަމުންދަނީ ދައުލަތުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއް ކުންފުންޏަކީ އެމްޓީސީސީއެވެ.