ENGLISH
04 އޭޕްރީލު 2026
ދެ ގަޑިއިރުގެ ތެރޭގައި 14 އިންސައްތަ މީހުން ވޯޓު ލައިފި
04 އޭޕްރީލު 2026
|
ދެ ގަޑިއިރުގެ ތެރޭގައި 14 އިންސައްތަ މީހުން ވޯޓު ލާފައިވާކަމަށް ކޮމިޝަނުން ހާމަކުރޭ. ފޮޓޯ؛ޕީއެސްއެމް
އެންމެ މަޤްބޫލު
މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި 14 އިންސައްތަ މީހުން ވޯޓު ލައިފި އެވެ.
ވޯޓުލީ މީހުންގެ ނިސްބަތް އާއްމުކޮށް އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން މިއަދުގެ ހެނދުނު 10:00 އާ ހަމައަށް 41،162 މީހުން ވަނީ ވޯޓުލުމުގެ ހައްގު އަދާކޮށްފަ އެެވެ. އެއީ ވޯޓުލެވޭ އާބާދީގެ 14 އިންސައްތަ އެވެ.
މި 41،162 މީހުންގެ ތެރޭގައި ހިމެނެނީ 16،166 އަންހެނުންނާއި، 24،996 ފިރިހެނުން ނެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އަދިވެސް 253،714 މީހުން ވޯޓު ނުލާ އެބަތިއްބެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 86 އިންސައްތަ އެވެ.
މި އިންތިހާބުތަކުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުން ނެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ވީހާވެސް އަވަހަށް ނުކުމެ ވޯޓު ދިނުމުގެ ހައްގު އަދާކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.