ENGLISH
04 އޭޕްރީލު 2026
ވޯޓު ފޮށިތައް އޮބްޒާވްކުރުމަށް އެޗްއާރްސީއެމްގެ 78 މުވައްޒަފުން ހަރަކާތްތެރިވާނެ
04 އޭޕްރީލު 2026
|
އިންތިހާބު ކުރިއަށްދަނީ. ފޮޓޯ:ސަން
އެންމެ މަޤްބޫލު
މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓު ފޮށިތައް އޮބްޒާވްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެމްއާރްސީއެމް) ގެ 78 މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓު މިއަދު ނަގާއިރު މި އިންތިހާބުތަކުގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ.
އެޗްއާރްސީއެމްއިން ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު އޮބްޒާވް ކުރުމުގެ ގޮތުން ކޮމިޝަންގެ ފަރާތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފުން ހަރަކާތްތެރިވަމުން ދާކަމަށެވެ.
ވޯޓުފޮށި އޮބްޒާވްކުރުމުގެ މަސައްކަތް ކޮމިޝަނުގެ މުވައްޒަފުން ކުރިއަށްގެނމްދާނީ ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށެވެ. އެޗްއާރްސީއެމްއިން ބުނީ މާލެ ސަރަހައްދުގައި އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒާވްކުރުމަށް ހަމަޖެހިފައިވާކަމަށާއި މި ފޮށިތަކުގެ ތެރޭގައި ކ. މާފުށި ޖަލުގައި ބަހައްޓާފައިވާ ވޯޓު ފޮށި ވެސް ހިމެނޭ ކަމަށެވެ.
ވާދަވެރި މި ތިން އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓްލުން މިއަދު ހަވީރު 16:00 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.
ވޯޓުލަށް އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމްކޮށްފަ އެވެ. މި އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ.