ENGLISH

04 އޭޕްރީލު 2026

Advertisement

ކޮންގެރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލް ވޯޓު ލައްވައިފި

04 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ޕީއެންސީގެ މާލޭ ސިޓީގެ މޭޔަރަލް ކެނޑިޑޭޓު މޫސާ އަލީ ޖަލީލު ވޯޓުލެއްވުމަށްފަހު، ފޮޓޯ: ޕީއެންސީ

ކޮންގެރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލް މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގާ އާއްމު ހިޔާލު ހޯދުމުގެ އިންތިހާބުގައި ވޯޓު ލައްވައިފި އެވެ. 

އެމަނިކުފާނު ވޯޓުލެއްވީ ކަލާފާނު ސުކޫލުގައި ބަހައްޓާފައި ހުރި ހެންވޭރު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ކޮންގެރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ މިހާރު ވޯޓު ލައްވާފަ އެވެ. 

ރައީސް މުއިއްޒު ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުރި މާފަަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސްކޫލުގައި ހުރި މައްޗަންގޮޅީ އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. 

ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓު މިއަދު ނަގާއިރު މި އިންތިހާބުގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި 1،592 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1،368 ކެންޑިޑޭޓުން ވާދަކުރާކަން އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އިންތިހާބުގައި 144،506 އަންހެނުންނާއި، 150،370 ފިރިހެނުންނާއެކު ޖުމްލަަ 299،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އަދި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް 1،356 މަގާމަކަށް މީހުން އިންތިހާބުކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު