ENGLISH

20 އޭޕްރީލު 2025

Advertisement

އދ. ފެންފުށީގެ ތަރައްޤީއަށް މުހިންމު ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

14 ޑިސެމްބަރު 2024

|

އެމް އެމް

ރައީސް ދަގެނޗަށް ވަޑައިގެން އާއްމުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އަރިއަތޮޅު ދެކުނުބުރީ ފެންފުށީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފެންފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އދ. ދަނގެތި ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޮޑި ދޯނިފަހަރު އެހެލުމުގައި ހުރި ގޮންޖެހުންތަކާއި، ހިނަވާގެއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. އަދި އިތުރު ވޮލީ ކޯޓެއް ޤާއިމުކޮށްދެއްވުމަށާއި، އަދި ރަށުގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފުރިހަމަކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ފެންފުށީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން އެންމެ އިސްކަންދޭ ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު