ENGLISH
04 އޭޕްރީލު 2026
ދިވެހީންގެ ބޮޑު ނިންމުން؛ ތިން އިންތިހާބުގެ ވޯޓުލުން ފެށިއްޖެ
04 އޭޕްރީލު 2026
|
ކުރީގެ އިންތިހާބެއްގައި މީހަކު ވޯޓުލުމަށް ތައްޔާރުވަނީ، ފޮޓޯ: ދިޔަރެސް
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ނެގުމާމެދު ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމުގެ އިންތިހާބުގެ ވޯޓުލުން ފެށިއްޖެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ މި އިންތިހާބުގައި ވޯޓުލުމަށް 588 މަރުކަޒު އިލެކްޝަންސް ކޮމިޝަނުންވނީ ގާއިމުކޮށްފއެވެ. މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގައި 347 މަރުކަަޒު ގާއިމުކޮށްފައިވެއެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި 1،592 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1،368 ކެންޑިޑޭޓުން ވާދަކުރާކަން އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އިންތިހާބުގައި 144،506 އަންހެނުންނާއި، 150،370 ފިރިހެނުންނާއެކު ޖުމްލަަ 299،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އަދި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް 1،356 މަގާމަކަށް މީހުން އިންތިހާބުކުރާނެއެވެ.
މި އިންތިހާބުގެ ވޯޓުލުމަށް 888،845 ވޯޓު ކަރުދާސް އިލެކްޝަންސް ކޮމިޝަނުންވަނީ ޕްރިންޓުކޮށްފައެވެ. އެއީ ލޯކަލް ކައންސިލު އިންތިހާބަށް ޗާޕުކުރި 297،959 ވޯޓު ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޗާޕުކުރި 292،706 ވޯޓު ކަރުދާހާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓަށް ޗާޕުކުރި 298،180 ވޯޓު ކަރުދާހެވެ.
ފޯރިގަދަ އަދި ވާދަވެރި ކެމްޕެއިނަކަށްފަހު މިއަދު އިންތިހާބުގެ ވޯޓުލުން ފެށިފައިވާއިރު، މިހާތަނަށް ވޯޓުލާ އެއްވެސް މަރުކަޒެއްގައި ހަމަނުޖެހުމެއް ހިނގާފަައިވާކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކުން ރިޕޯޓުކޮށްފައި ނުވެއެވެ.