ENGLISH
04 އޭޕްރީލު 2026
މަައްސަލައެއް ދިމާވިޔަސް 10 މިނިޓު ތެރޭ ހައްލުކުރެވޭނެ: އީސީގެ ރައީސް
04 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
މާދަމާ ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލަތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ކުރިއަށްދާ އިރު އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެންމެ ގިނަވެގެން 10 މިނިންޓުތެރޭ ހައްލުކުރެވި ކުރިއަށްގެންދާނޭ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އީސީގެ ރައީސް މިހެން ވިދާޅުވީ މިރޭ އިލްކްޝަން ކޮމިޝަނާ ފުލުހުންގެ ހިދުމަތާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއު ވޯޓު ލުމުގެ އިންތިޒާމުތައް ހަމަޖައްސާނޭ ކަމަށް ވެސް އީސީގެ ރައީސް ވަނީ ވިދާޅުވެފައެވެ.
އިސީގެ ރައީސް ވިދާޅުވީ އެކި ފޮށިތަކަށް މީހުން ބަހާލައިގެން މާލެގައި ވަރަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގާނޭކަމަށެވެ. އަދި ގާތްގަޑަކަށް 119 ވަރަކަށް މީހުން ކޯޑިނޭޓުންގެ ގޮތުގައި ތިބެ 588 އަށް ފޮށިއަށް ބަހާލެވި ކޮންމެ ފޮއްޓެއް ދޮށުގަ ކަން ހިގާގޮތް ބަލައި ކަމެއް ދިމާވެއްޖެނަމަ އެ ކަމައް އެޓެންޑުވެ, ދެވިފައިވާ ތަމްރީންތަކުގެ އަލީގަ ވަގުތުން އެޓެންޑުކުރެވޭ ކަހަލަ ކޯޑިނޭޝަން އެރޭންޖްމެންޓެއް މާދަމާ ހަދާފަ އޮންނާނޭކަމަށެވެ. އަދި މީގެއިތުރުން އިންތިހާބުގެ ހުރިހާ މަސައްކަތެއް ނިމެންދެން ކޯޑިނޭޝަން ސެންޓަރުގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް އީސީގެ ރައީސް ވަނީ ފާހަގަކޮށްފައެވެ.
މި އިންތިހާބު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 16:00 އެވެ. މި އިންތިހާބަކީ ރާއްޖޭގައި ބާއްވާ އެންމް ބޮޑު އިންތިހާބެވެ.