ENGLISH
04 އޭޕްރީލު 2026
އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ނިޔާވެެއްޖެ
03 އޭޕްރީލު 2026
|
ހާދިސާ ހިނގި ވ. ފުލިދޫ
އެންމެ މަޤްބޫލު
އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ނިޔާވެެއްޖެ އެވެ.
މި ހާދިސާ ހިނގީ ވ. ފުލިދޫގަ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ ރަށުގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އޭޕްރީލް 3 ވަނަ ދުވަހުގެ 15:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހާއަށް އެރަށު ހެލްތު ސެންޓަރު ގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އެއީ 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.