ENGLISH

20 އޭޕްރީލު 2025

Advertisement

"ހުރާ އެކުވެރި ހިޔާ" މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

14 ޑިސެމްބަރު 2024

|

އެމް އެމް

"ހުރާ އެކުވެރި ހިޔާ" މެޑަމް ސާޖިދާ ހުޅުއްވައިދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ކ. ހުރާ އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި "ހުރާ އެކުވެރި ހިޔާ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

"ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުރައަށް މިއަދު ވަޑައިގަތުމުން އެކަމަނާއަށް ވަނީ އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެކުވެރި ހިޔާ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ ޑިޖިޓަލް ވަސީލަތްތައް އެކި އުމުރުފުރާތަކުގެ މީހުން ބޭނުންކުރާ މިންވަރާއި އެކަމުގައި ހޭދަކުރާ ވަގުތު މިހާރު އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި އެއްބަޔަކު އަނެއް ބަޔަކާ ދިމާވެ ވާހަކަދައްކައި ކަންކަމުގައި ޚިޔާލު ބަދަލުކުރުން ގިނަ ކުރުމަކީ މުހިއްމު ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ހުރާގައި މި ހުޅުވުނު އެކުވެރި ހިޔާއަކީ އެކަންކުރުމަށް މުހިއްމު ތަނެއްގެ ގޮތުގައި މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް މަޖިލީހުގެ ކެމްޕެއިންގައި ވެވަޑައިގަތް ވަޢުދާ އެއްގޮތަށް ހުޅުވި ހިޔާ އަކީ އިސް ރަށްވެހިންނާއި އެކި އުމުރުފުރާތަކުގެ މީހުން އެއްތަނަކަށް އެއްވެލައި ވަގުތު ހޭދަކޮށްލުމަށާއި ކަންކަމުގައި ޝުއޫރު ފާޅުކުރުމުގެ ފުރުޞަތު ދިނުމަށް ހަދާފައިވާ ތަނެކެވެ.  

އެކުވެރި ހިޔާ ހުޅުވުމަށް ފަހު މެމްބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވީ އެރަށަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް އެކި އުމުރުފުރާތަކުގެ މީހުންނާއި އިސްރަށްވެހިން ރަށުގެ އެކި ސަރަޙައްދުތަކުގައި ވަގުތު ހޭދަކުރާތަން ފެންނަ ކަމަށާއި، މިފަދަ ހިޔާއެއް އަޅަން ގަސްތުކުރެއްވީ އިސްރަށްވެހިންނާއި އެކި ޢުމުރުފުރާތަކުގެ މީހުން އެއްތަނަކަށް އެއްވެލައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި ޑރ. އަނާރާ ވަނީ އެކުވެރި ހިޔާ އަށް ބައެއް ތަކެތި ހަދިޔާ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު