ENGLISH
20 އޭޕްރީލު 2025
ޤާނޫނު އަސާސީގައިވާ ގޮތަށް ރައީސް އެ ގެންދަވަނީ ރައްޔިތުންނަށް މިސާލު ދައްކަވަމުން: މޫސާ ފަތުޙީ
14 ޑިސެމްބަރު 2024
|
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެމްއެމް ޓީވީ
ޤާނޫނު އަސާސީގައި ބަޔާންވެފައިވާ ގޮތަށް ޢަމަލުތައް ބަހައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މިދަނީ ރައްޔިތުންނަށް ރިވެތި މިސާލެއް ދައްކަވަމުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސާ ފަތުޙީ ވިދާޅުވީ، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެފައިވާ ބީދައިން އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެ، އެގޮތަށް ޢަމަލުފުޅު ބަހައްޓަވަމުން ގެންދަވާ ކަމަށެވެ.
މި ފަހުން އަރިއަތޮޅު އުތުރުބުރީގެ އިތުރުން މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވެވި ދަތުރުފުޅުގައި ދެއްވި ތަޤުރީރުތަކުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެކަން ރައީސް ފާހަގަ ކުރައްވާފައިވާ ކަމަށް ވެސް ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވިއެވެ.
"ރައީސް ވިދާޅުވެފައި ވަނީ ތިމަން މަނިކުފާނު މަސައްކަތްކުރެއްވުމުގައި ސިޔާސީ ގޮތުން އެއްވެސް ތަފާތު ކުރެއްވުމެއް ނުގެންގުޅޭނަމޭ. މިއީ ނޫންތޯ ޤާނޫނު އަސާސީ ދެމެހެއްޓުމަކީ. ޤާނޫނު ނެގެހެއްޓުމަކީ." - ސްޓޭޓް މިނިސްޓަރ، މޫސާ ފަތުޙީ