ENGLISH
20 އޭޕްރީލު 2025
އަލިފާނުގެ ހާދިސާ ތަޙްގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ
14 ޑިސެމްބަރު 2024
|
އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލުގެ އޮފީހެއް އިންގަމުން އަންނަ އިމާރާތްތަކުގައި މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، ކުރަންޖެހޭ ތަހުގީގުތައް ކުރުމަށް ބޭރުގެ އެހީ ހޯދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
އަލީ ޝުޖާޢު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުންނެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ މި ހާދިސާއާ ގުޅޭގޮތުން ފުރިހަމަ ތަހްގީގެއް ހިންގާނެ ކަމަށާއި މިކަމަށް އެހީވުމަށް ރާއްޖެއިން ބޭރުގެ ތަހުގީގު ޓީމެއްގެ އެހީ ހޯދަން ނިންމާފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަނެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ފާހަގަކުރެެއްވިއެވެ.
ކުރިއަށް އޮތް ދެތިން ދުވަހުގެތެރޭގައި ބޭރުގެ އެ ޓީމަށް ދިވެހި ފުލުހުންގެ ތަހުޤީގީ ޓީމާއެކު މަސައްކަތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުންނެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރަންޖެހޭ ތަހުގީގު ފަށާފައިވާއިރު މި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މަންޒަރު ފެނުނު މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތާއި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މަންޒަރު ދުއް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖްތައް ތަހުލީލްކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.