ENGLISH

20 އޭޕްރީލު 2025

Advertisement

ގޭންގުތަކާ ގުޅުވައިގެން ޒުވާނުންނާ ދިމާއަށް އިނގިލި ދިއްކުރުން ހުއްޓުވާނެ ވެރިޔަކީ ރައީސް ޑރ. މުޢިއްޒު: އެމްޕީ ލަޠީފް

14 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

އެމްއެމްޓީވީގައި މެންބަރު ލަޠީފް ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއެމްޓީވީ

ގޭންގްތަކާއި ގުޅުވައިގެން ދިވެހި ޒުވާނުންނާ ދިމާއަށް އިނގިލި ދިއްކުރުން ހުއްޓުވާނެ ވެރިޔަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ އަޚްލާގު ރަނގަޅު އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކޮށް، ގޭންގުތަކާ ގުޅުވައިގެން ޒުވާނުންނާ ދިމާއަށް އިނިގިލި ދިއްކުރުން ހުއްޓުވާނެ ވެރިޔަކީ ރައީސް ޑރ. މުއިއްޒު ކަމަށެވެ.  

"އަޚުލާގު ރަނގަޅު، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކޮށް، ގޭންގްތަކާއި، މާރާމާރީ އާއި، މަސްތުވާތަކެއްޗާ ގުޅުވައިގެން ޒުވާނުންނަށް އިނގިލި ދިއްކުރުން ހުއްޓުވާނެ ވެރިޔަކީ އަޅުގަނޑުމެންގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު" -  އެމްޕީ ލަތީފް

އަދި މީގެ އިތުރުން ޤައުމުގެ ތަރައްގީއަށް ޒުވާނުންނަކީ މުހިންމު ބައެއްކަން ވިސްނައިދީ، ޒުވާނުން ކުރިޔަށްދާން ބޭނުންވާ ދާއިރާތަކުން ފަހި ފުރުސަތުތައް ހޯދައިދިނުމަކީ ރައީސް ޑރ. މުޢިއްޒު މިހާރު ވެސް ވަރަަށް މުހިންމު ކަމެއް ދެއްވައިގެން ކުރައްވާ ކަމެއް ކަމަށް ލަތީފް ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރުގެ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ދިޔައީ، ރާއްޖެ އިޤްތިޞާދީ ގޮތުން އަނދަވަޅަކަށް ވައްޓާލަމުން ކަމަށް މަސައްކަތް ކުރަމުން ކަމަށް މެންބަރު ލަޠީފް ވިދާޅުވިއެވެ.

"ނިމިދިޔަ ސަރުކާރުން ދިޔައީ އެ މީހުންގެ ވެރިކަމުގެ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ބޭކާރު ގޮތުގައި އެތައް ވަޒީފާއެއް ދެމުން. ސީދާ މި ސަރުކާރަށް ޖެއްސުމަށް އެއްވެސް ކަހަލަ މަންޒިލެއް ނެތި، ބަޖެޓްގައި ލާރި ނެތި ގައުމަށް ފައިދާއެއް ނެތް ގޮތަށް އެތައް ޕޮރޮޖެކްޓެއް ފަށާފައި." - އެމްޕީ ލަތީފް

ލަޠީފް އިތުރަށް ފާހަގަކުރެއްވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު މި ޤައުމު އޮތީ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ވެސް ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލު ކޮށްދޭނެ ލީޑަރަކީ ރައީސް ޑރ. މުޢިއްޒު ކަމަށް ވެސް ލަޠީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު