ENGLISH
20 އޭޕްރީލު 2025
ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް 2040 ގައި ހެދުމަކީ ސަރުކާރުގެ ޕްލޭނެއް: އަފްރީން
14 ޑިސެމްބަރު 2024
|
ނައިބުރައީސްގެ އަނބިކަބަލުން ޢާއިޝަތު އަފްރީން މުހައްމަދު
ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް 2040 ގައި ހެދުމަކީ ސަރުކާރުގެ ޕްލޭނެއް ކަމަށް ދިވެހިރާއްޖޭގެ ނައިބުރައީސްގެ އަނބިކަބަލުން ޢާއިޝަތު އަފްރީން މުހައްމަދު ވިދާޅުވެއްޖެއެވެ.
އަފްރީން މިހެން ވިދާޅުވީ މިއަދު ބޭއްވި "އެމްޕަވަރިންގ ވިމެން ތުރޫ ޑިޖިޓަލް ޓްރާންސްފޮމޭޝަން" ޓްރެއިނިން ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި އާ އުފެއްދުންތައް ކުރިއެރުވުމުގައި މުހިއްމު ދައުރެއް ދިވެހި އަންހެން ވިޔަފާރިވެރިން އަދާކުރާކަމަށާއި ކޯވިޑް 19 ގެ ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް ރާއްޖޭގެ އަންހެނުންގެ ފަސްޖެހުމެއްނެތި ހަޤީޤީ ވިޔަފާރިވެރިންގެ ގޮތުގައިވަނީ މަސައްކަތް ކޮށްފައިކަމަށް ނައިބު ރައީސްގެ އަނބިކަބަލުން ފާހަގަކުރެއްވިއެވެ. އަފްރީން ސިފަކުރެއްވީ ޒަމާނުއްސުރެ ދިވެހި އަންހެނުންނަކީ ރާއްޖޭގެ މުޖުތަމަޢު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށް، އަންނަން އޮތް ޖީލު ތަރުބިއްޔަތު ކުރުމުގައި އިސް ރޯލެއް އަދާކުރަމުން އަންނަ ބައެއްގެ ގޮތުގައެވެ.
އަންހެނުން މިހާ ބޮޑު ޤުރުބާނީތަކެއްވަމުންދާ ނަމަވެސް އެމީހުން ގިނައިން ފެނިގެންދަނީ ކުދި ކުދި މަޤާމުތަކުން ކަމަށާއި މި ދުވަސްވީ މިންތީގެ ނަހަމަކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޢިއްޒު މިވަނީ ނިންމުމެއް ގެނެސްދެއްވާފައިކަމަށް އަފްރީން ވިދާޅުވިއެވެ. މީގެ އިތުރުން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން މާލީ އެހީއާއި ލޯނު ދޫކުރުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ވެސް އަފްރީން ފާހަގަކުރެއްވިއެވެ.