ENGLISH

20 އޭޕްރީލު 2025

Advertisement

އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން: ޒަމީރު

14 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ިފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މޫސާ ޒަމީރު  މިހެން ވިދާޅުވީ، އިންޑިއާގައި މި އަހަރުގެ ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ. ޒަމީރު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން އަމާޒު ހިފާފައިވާ ކަމަށާއި މިފަދަ ލަނޑުދަނޑިތައް ހާސިލްކުރަން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކަށް ވިލުންވެރި، ތަރައްގީ ގެންނަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މިއަމާޒަށް ވާސިލުވާން ބޭރު ގައުމުތަކުގެ އެހީތެރިކަން މުހިންމު ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، މި ބައްދަލުވުން ބޭއްވީ ރަޝިއާ އާއި ޔޫކްރޭނު ހަނގުރާމައިގެ އިތުރުން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިޤްތިސާދަށް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި މިކަމުގެ ސަބަބުން އިމްޕޯޓަށާއި ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ޖަޒީރާ ކުދި ގައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ދަނީ ވަރަށް ބޮޑަކަށް ކުރަމުން ކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮވިޑް 19ގެ ދުވަސްވަރު ގިނަ ގައުމުތަކަށް ދަރަނި ނަގަން މަޖުބޫރުވި ކަމަށާއި މިހާރު އެ ޤައުމުތަކަށް ކުރިމަތިވަނީ އެ ދަރަނި ބަލަހައްޓައިގެން މެނޭޖުކުރުމުގެ ގޮންޖެހުން ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދަރަނި ބެލެހެއްޓުމާއި އާމްދަނީ އިތުރު ކުރުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދަންޖެހޭކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު