ENGLISH

10 އޭޕްރީލު 2025

Advertisement

ދެވަނަ މެޗުން މޮޅުވެ ދެކުނު އެފްރިކާ އިން ޓީ20 ސީރީޒް ކާމިޔާބުކޮށްފި

14 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ދެކުނު އެފްރިކާގެ ރީޒާ ހެންޑްރިކްސް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް

ޕާކިސްތާނާ ދެކޮޅަށް ކުޅުނު ޓީ20 ދެވަނަ މެޗުން މޮޅުވެ، ސީރީޒް ވެސް ދެކުނު އެފްރިކާ ކާމިޔާބުކޮށްފިއެވެ.

ދެވަނަ މެޗުން ދެކުނު އެފްރިކާ މޮޅުވީ ހަތް ވިކެޓުންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ޓީ20 ފުރަތަމަ މެޗު ވެސް ކާމިޔާބުކުރީ ދެކުނު އެފްރިކާ އިންނެވެ.

ސެންޗޫރިއަންގައި އިއްޔެ ކުޅެވުނު މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 206 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 57 ބޯޅައިން 98 ލަނޑުހެދި ސައިމް އައްޔޫބް އެވެ.

ދެކުނު އެފްރިކާ އިން އެންމެ ރަނގަޅަށް އުކި ދައްޔާން ގަލިއެމް އާއި އޮޓްނީލް ބާޓްމަން ކުރެން ކޮންމެ ކުޅުންތެރިއަކ ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، ދެކުނު އެފްރިކާ އިން ވަނީ 19.3 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން 210 ލަނޑު ހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 63 ބޯޅައިން 117 ލަނޑުހެދި ރީޒާ ހެންޑްރިކްސް އާއި ނުބައިނުވެ 38 ބޯޅައިން 66 ލަނޑުހެދި ރަސީ ވެން ޑަ ޑުސެން އެވެ.

ޕާކިސްތާންގެ އުކުންތެރިންގެ ތެރެއިން ޖަހަންދާދް ޚާން ދެ ވިކެޓްނެގިއިރު، އައްބާސް އަފްރީދީ ވިކެޓެއް ނެގިއެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެކުނު އެފްރިކާގެ ރީޒާ ހެންޑްރިކްސް އެވެ.

ކިޔުންތެރިންގެ ހިޔާލު