ENGLISH

20 އޭޕްރީލު 2025

Advertisement

"އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތުރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި

14 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

"އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމް ފެށުން - ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ޔޫ.އެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިނގް ސެންޓރ ފޮރ އިންފޮމޭޝަން އެނޑް ކޮމިއުނިކޭޝާން ޓެކްނޮލޮޖީ ފޮރ ޑިވަލޮޕްމަންޓް (އޭޕީސީއައިސީޓީ) އާއި ގުޅިގެން ދިވެހިރާއްޖޭގައި "އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތުރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން މެޑަމް ޢައިޝަތު އަފްރީން މުޙައްމަދު އެވެ. މީގެ އިތުރުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭޕީސީއައިސީޓީގެ ވިމެން އައިސީޓީ ފްރޮންޓިއަރ އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް ޓާގެޓް ކުރަނީ އަންހެން ވިޔަފާރިވެރިންނަށެވެ. މި ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދުވަހަކަށް ބަހައިލައިގެން، ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމްގެ ސަބަބުން، ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރި ހިންގުމުގައި ދިމާވެދާ ނެނުރައްކާތަކަށް ތައްޔާރުވެ، އެފަދަ ޙާލަތްތަކުގައި ވިޔަފާރި ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދާނެއެވެ.

މީގެ އިތުރުން، ކުއްލި ޙާލަތްތަކުގައި އަވަސް ނިންމުންތައް ނިންމުމުގެ ޤާބިލުކަން އިތުރުވެ، ވިޔަފާރީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ވެސް މަގުފަހިވެއެވެ.

މި ކޯހުގެ ޒަރީޢާއިން އަންހެން ވިޔަފާރިވެރިންނަށް މާލީ ހުނަރާއި ތަޙްލީލު ކުރުމުގެޤާބިލުކަން އިތުރުކޮށްދެއެވެ. މީގެ ސަބަބުން އެ ފަރާތްތަކުގެ މާލީ ޙާލަތު ވަޒަންކުރުމާއި މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި މާނަކުރުމުގެ ބާރު ލިބެއެވެ. އަދި ވިޔަފާރި ދެމެހެއްޓުމުގެ ރޭވުމުގެ ތެރެއިން އަންހެން ވިޔަފާރިވެރިންނަށް އެމީހުންގެވިޔަފާރީގައި ދިމާވާ ހުރަސްތަކާއި ކުއްލި ޙާލަތްތައް ރާވައި، ސްޓްރެޓެޖީ އެކުލަވާލައި އަދިމެނޭޖްކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރުވެސް މިކޯހުގެ ޒަރީޢާއިން ހާސިލްވެގެންދެއެވެ.

ޕްރޮގްރާމުން ނެރެން ބޭނުންވާ ނަތީޖާއަކީ އިޤްތިޞާދީގޮތުން ބާރުވެރިވެފައިވާ އަންހެނުން އިތުރުވެ، އެ ފަރާތްތަކުގެ ވިޔަފާރި ކުރިއަރުވަން ބާރު ލިބި، ފުޅާ ވެގެން ދިއުމެވެ. އަދި ވިޔަފާރީގައި އަންހެނުންނަށް ދިމާވާ ހުރަސްތައް ގިރާކޮށް ކުރިއަށްދާ އަންހެނުންތަކެއް ފެނިގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު