ENGLISH

05 ޖުލައި 2025

Advertisement

ސައިބަރ އެކްސްޕޯ 2024 ކާމިޔާބުކަމާ އެކު ނިންމާލައިފި

14 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާން

އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާޙައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމު ގޮތުން ބޭއްވި ސައިބަރ އެކްސްޕޯ 2024  ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ. މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބޭއްވި އެކްސްޕޯއެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމްކޮށްގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ ގުޅިގެން ބޭއްވި މި އެކްސްޕޯގައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ސްޓްފިކެޓާއި ފައިސާގެ އިނާމް ވަނީ ހަވާލުކޮށްދީފައެވެ.

ސައިބަރ އެކްސްޕޯ 2024 ނިންމުމެ ގޮތުން އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާން އެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހްސާން ވިދާޅުވީ ސައިބަރ ސެކިއުރިޓީގައި ޑިފެންސަށް މަސައްކަތް ކުރާ ފަރާތްތަކަށް 10.5 ޓްރިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ވަޒީރު އިހްސާން ވިދާޅުވީ، މިފަދަ އެކްސްޕޯތައް ބާއްވަނީ ދައުލަތާއި ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަންވެސް މީގެ ތެރެއިން ކަށަވަރުކުރުމަށް ޓަކައި ކަމަށެވެ.  

ކިޔުންތެރިންގެ ހިޔާލު