ENGLISH
27 މާރިޗު 2026
704 ފްލެޓް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި
27 މާރިޗު 2026
|
704 ފްލެޓް ސަރަހައްދު. ފްލެޓް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި. ފޮޓޯ؛ ޕީއެސްއެމް
އެންމެ މަޤްބޫލު
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 704 ފްލެޓް އިމާރާތުގެ އާބާތުރަ ފިލުވުމާއި މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއާއި އެޗްޑީސިއާ ދެމެދު މި މަހުގެ 24 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 704 ފްލެޓްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް އެކުންފުންޏާ ހަވާލުކޮށްފައިވާކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
އެހެންކަމުން ފްލެޓުތަކުގެ އާބާތުރަ ފިލުވައި، މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް، ކުރަމުން އަންނަކަން ފާހަގަކޮށް އެޗްޑީސީން ވަޏި މިއަދުން ފެށިގެން 704 ފްލެޓުތަކަށް ދިމާވާ މެއިންޓެނެންސްގެ މައްސަލަތައް ހައްލުކުރުމަށް އެ ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 704 ފްލެޓުގެ މަސައްކަތްކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުން ނެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސޯޝަލް ހައުސިންގ އަށް ހާއްސަކޮށްގެން އެންމެފަހުން ދޫކޮށްފައިވާ ފްލެޓްތަކެވެ.