ENGLISH

20 އޭޕްރީލު 2025

Advertisement

ރާއްޖެ އަށް ސަލާމަތުގެ އައްސޭރިއަކަށް މި ދެވެނީ ރައީސުލްޖުމްހޫރިއްޔާ ކުރެއްވެވި މަސައްކަތްޕުޅުގެ ސަބަބުން: މޫސާ ފަތުޙީ

13 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެމްއެމް ޓީވީ

ރާއްޖެ އަށް ސަލާމަތުގެ އައްސޭރިއަކަށް މި ދެވެނީ ރައީސުލްޖުމްހޫރިއްޔާ ޙިކުމްތަތެރިކަމާއި، ވިސްނުންތެރިކަމާއެކީ ކުރެއްވެވި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމް ވާހަކަދައްކަވަމުން މޫސާ ފަތުޙީ ވިދާޅުވީ، އެކަން އެގޮތަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަށް ކުރެއްވޭ ގޮތްވީ ޤާނޫނުގެ ވެރިކަން ކުރިއަރުވައި، ދަމަހައްޓައި ޤާނޫނުއަސާސީ ނެގެހެއްޓެވުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުގެ ސަބަބުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރިކަމާއި، ވިސްނުންތެރިކަމާއެކީ ޤާނޫނުގެ ވެރިކަން ކުރިއަރުވައި، ދެމެހެއްޓީމަ، ޤާނޫނު އަސާސީ ނެގެހެއްޓެވީމާ، އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް ސަލާމަތުގެ އައްސޭރިއަކަށް މި ދެވެނީ.
" - އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް

މޫސާ ފަތުޙީ ވިދާޅުވީ، މީގެކުރިން އެމްޑީޕީގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއްގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އެންމެ ފަހު ވަގުތު ޓްރާންސިޝަނަލް ޓައިމްގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބަޖެޓަކީ ވައްކަމުގެ ރަސީދެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި، އެމްޑީޕީ ސަރުކާރުން އޭރު ފޮނުވި ރަސީދު ގޮސް މިޖެހެނީ މި ދައުލަތް ބަނގުރޫޓުވުމާ ކަމަށާއި، އެކަމަކު އެކަންކަމުން މި ގައުމު ސަލާމަތްކުރައްވާފައިވަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް މޫސާ ފަތުޙީ ފާހަގަކުރެއްވެވިއެވެ.

ގައުމު ބަނގުރޫޓުވުމުން ސަލާމަތްވާގޮތްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އެމަނިކުފާނު ސަރުކާރުން ކުރެއްވި ވިސްނުންތެރި މަސައްކަތްޕުޅުގެ ސަބަބުން ކަމަށް ވެސް ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވިއެވެ.

މޫސާ ފަތުޙީ އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ޒަޢާމަތާ ހަވާލުވިއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތީ ބިނާކުރަންޖެހިފައި ކަމަށާއި، ދައުލަތުގެ މާލީ ކަންކަން ވެސް އޮތީ އަލުން ފަށައިގެން ތަރުތީބު ކުރަންޖެހިފައި ކަމަށެވެ.

"ދަރަނީގެ ބުރަހެލިކަމާއެކީ ދައުލަތް އޮތީ ހިރިނުލެވިފައި. ވައްކަމާއި ކަރަޕްޝަނާއި އަދި ކުންފުނިތަކުން ދަރާފައި އޮތް ދެރުމާހެދި އަސާސީ ޚިދުމަތްތައް ދިނުމަށް އޮތީ ވަރަށް ބޮޑަށް ދަތިވެފައި. މިއީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް.
" - މޫސާ ފަތުޙީ

ކިޔުންތެރިންގެ ހިޔާލު