ENGLISH
05 ޖުލައި 2025
ޢާއްމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުވާން ފަށައިފި: ޗީފް އިންސްޕެކްޓަރ ވަލީދު
13 ޑިސެމްބަރު 2024
|
ފޮޓޯ: އެމްއެމް ޓީވީ
ޢާއްމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވާން ފަށައިފި ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަލީދު ސައީދު ވިދާޅުވެއްްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަލީދު ވިދާޅުވީ، ފުލުހުންގެ ހަަރަކާތްތައް މިހާރު މަގުމަތީގައި އިތުރުކުރުމުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. ޢާއްމުކޮށް ކުށްތައް ގިނައިން ހިނގާ ކަމަށް ފާހަގަ ކުރެވިފައިވާ ސަރަހައްދުތަކުން ކުށްކުރުން މަދުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުން ފުލުހުންނަށްކުރާ އިތުބާރު އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ވިޔަފާރިތައް ހިންގާ ފަރާތްތަކުން ވެސް، ވިޔަފާރިތައް ހިންގުމަށްވާ ފަސޭހަތައް ފުލުހުންނާ ހިއްސާ ކުރަމުންދާކަން ވެސް ވަލީދު ފާހަގަކުރެއްވިއެވެ.
ޗީފް އިންސްޕެކްޓަރ ވަލީދު ވަނީ ކުއްލި ހާލަތްތަކުގައި ރައްޔިތުން ސަމާލުވާންވީ ކަންކަމަށް ވެސް އަލި އަޅުވާލައްވާފައެވެ.
މީގެ އިތުރުން ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަންތިބޭ ފަރާތްތަކަށް އަލިފާންނިވި ބޭނުންކުރާނޭ ގޮތްތައް ދަސްކޮށްދިނިމުގެ ޕޮރޮގްރާމްތައް ހިންގުމާއި، ޖުމްލަ ގޮތެއްގައި ކުއްލި ހާލަތްތަކަށް އެފަދަ ފަރާތްތައް ވީހާވެސް ބޮޑަކަށް އަހުލުވެރި ކުރުވަންޖެހޭ ކަމަށް ވެސް ވަލީދު ވިދާޅުވިއެވެ.
ވަލީދު ވަނީ ދިމާވާ ހާދިސާތަކުގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް އާއްމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.