ENGLISH

20 އޭޕްރީލު 2025

Advertisement

ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް!

13 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. - ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ހިނގަމުން މިދާ ދައުރު ނިންމާލައި މަޖިލިސް ޗުއްޓިއަށް ހިނގައްޖެއެވެ. ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ މި ދައުރު ދަންމާލައި ޑިސެމްބަރު 15 އާ ހަމައަށް މުއްދަތު އިތުރުކުރުމަށް މަޖިލީހުން ފާސްކުރީ، ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވަނީ ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވައިފައެވެ. އެގޮތުން، މަޖިލީހުގެ ޖަލްސާތަކަށް ތާވަލްކޮށްފައިވާ މަސައްކަތްތަކުގެ 73.3 ޕަސެންޓް ނިންމާލެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ހާމަކުރެއްވި ގޮތުގައި 20 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު އަދި މިއަހަރުގެ ދެވަނަ ދައުރު ނިންމާލީ 82.9 އިންސައްތަ މަސައްކަތް ނިންމާލުމަށް ފަހުއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި ދައުރުގައި 27 ޖަލްސާ ބާއްވާފައިވާއިރު، އެއީ 67 ގަޑިއިރުގެ މަޝްވަރާއެވެ. މީގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކުން ޖުމްލަ 118 ގަޑިއިރުގެ ތެރޭގައި 165 ބައްދަލުވުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ދައުރުގައި ޤާނޫނު ހަދާ މަޖިލީހުން ހޯދި މުހިންމު ކާމިޔާބީތަކުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ އަދި އިޖްތިމާޢީ މުހިންމު މައްސަލަތަކާ ގުޅުންހުރި 20 ބިލެއް ފާސްކުރުން ހިމެނެއެވެ. ފާސްކުރި މުހިނމު ބިލުތަކުގެ ތެރޭގައި، ބޭރު ފައިސާއާ ބެހޭ ބިލު، ދައުލަތުގެ ދަރަންޏާބެހޭ ބިލް، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް ގެ އިތުރުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް  ފާސްކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު