ENGLISH
10 އޭޕްރީލު 2025
އެމްބާޕޭ އަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށް
13 ޑިސެމްބަރު 2024
|
އެމްބާޕޭ އަށް އަނިޔާވުމުން ދަނޑުމަތީގައި ފަރުވާދެނީ. --ފޮޓޯ: ގެޓީ އިމޭޖަސް
ރެއާލް މެޑްރިޑްގެ ފޯވާޑް، ކީލިއަން އެމްބާޕޭ އަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަންޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭ އަށް ލިބުނު މި އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. އަނިޔާވުމުގެ ކުރީން، އެމްބާޕޭ ވަނީ މެޗު ފެށިގެން 10 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދީފައެވެ. ރެއާލުން އެ މެޗު ކާމިޔާބުކުރީ 3-2 އިންނެވެ.
ރެއާލުން ވަނީ، ލީގުގައި އަންނަ އާދީއްތަ ދުވަހު ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅެން އޮތް މެޗާއި، އޭގެފަހުން، މި މަހުގެ 18 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލް މެޗުގައި ވެސް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެފައެވެ.
އެމްބާޕޭ ވަނީ ރެއާލް އާއެކު ހޭދަކުރަމުން އަންނަ ފުރަތަމަ ސީޒަނުގައި މިހާތަނަށް ކުޅުނު 22 މެޗުގައި 12 ލަނޑުޖަހައިފައެވެ. މީގެތެރެއިން، ނުވަ ގޯލް އޭނާ ކާމިޔާބުކުރީ ލީގުގައެވެ. އެމްބާޕޭ އަކީ މި ފަހަރުގެ ލީގުގައި ރެއާލަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.