ENGLISH

11 އޭޕްރީލު 2025

Advertisement

އަސްތާނާ ބަލިކޮށް ޗެލްސީ ދެވަނަ ބުރަށް

13 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖަހައިދިނުމަށް ފަހު ޗެލްސީގެ ރެނާޓޯ ވެއިގާ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ކޮންފަރެންސް ލީގުގައި އަސްތާނާ 3-1 އިން ބަލިކޮށް ޗެލްސީ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ކަޒަކިސްތާނުގައި މައިނަސް 11 ޑިގްރީ ސެލްސިއަސްގައި ރޭ ކުޅުނު މެޗުގައި ޗެލްސީގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މާކް ގީއޫ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ރެނާޓޯ ވެއިގާ އެވެ.

އަސްތާނާގެ ހަމައެކަނި ލަނޑު ޖަހައިދިނީ މަރިން ޓޮމާސޯވް އެވެ.

މި ނަތީޖާއާއެކު ޗެލްސީ އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ހަމަކޮށްގެންނެވެ.

މި މެޗުން ބަލިވި އަސްތާނާ އޮތީ 28 ވަނައިގައެވެ. ކުޅުނު ފަސް މެޗުން އެ ޓީމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

މި މުބާރާތުގެ ދެވަނަ ބުރުން މިހާތަނަށް ޖާގަ ލިބިފައިވަނީ ހަމައެކަނި ޗެލްސީ އަށެވެ.

ކިޔުންތެރިންގެ ހިޔާލު