ENGLISH
10 އޭޕްރީލު 2025
ޔުނައިޓެޑް މޮޅުވިއިރު، ޓޮޓްނަމް ވީ އެއްވަރު
13 ޑިސެމްބަރު 2024
|
ޔުނައިޓެޑާއި ވިކްޓޯރިއާ ޕްލެޒެން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ވިކްޓޯރިއާ ޕްލެޒެން އަތުން މެންޗެސްޓަރ ޔުނައިޓެޑް 2-1 އިން މޮޅުވިއިރު، ޓޮޓްނަމް ހޮޓްސްޕާއާ 1-1 އިން ރޭންޖާސް އެއްވަރުވެއްޖެއެވެ.
ވިކްޓޯރިއާ ޕްލެޒެންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މަޓޭޔާ ވީޑްރާ އެވެ. ޔުނައިޓެޑްގެ ދެ ލަނޑު ވެސް ޖަހައިދިނީ ރަސްމުސް ހޮއިލުންޑް އެވެ.
ޔުރޮޕާ ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ފުރަތަމަ ހާފުގައި ރޭންޖާސް އަށް ލަނޑުޖަހައިދިނީ ހަމްޒާ އިގަމާނޭ އެވެ. ފަހު ހާފުގައި ޓޮޓްނަމަށް އެއްވަރުކޮށްދިނީ ޑޭޔާން ކުލުސެވްސްކީ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަޔެކްސް އަތުން 3-1 އިން ލާޒިއޯ ވަނީ މޮޅުވެފައެވެ. އޮލިމްޕިކް ލިޔޯން އަތުން 3-2 އިން އެއިންޓްރަކްޓް ފްރެންކްފާޓް ވަނީ ބަލިވެފައެވެ. އޭއެސް ރޯމާ އިން ބްރާގާ ބަލިކުރީ 3-0 އިންނެވެ.