ENGLISH
24 މާރިޗު 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އިން ފެށީ މޮޅަކާއެކު
24 މާރިޗު 2026
|
ޕާކިސްތާނާ ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ސާފް
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ފަހު ހާފުގައި ޖެހި ލަނޑުތަކާއެކު ބަންގްލަދޭޝް އިން ޕާކިސްތާން ބަލިކޮށްފިއެވެ. މި މެޗުން ބަންގްލަދޭޝް މޮޅުވީ 2-0 އިންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބަންގްލަދޭޝް އަށް ލީޑުނަގައިދިނީ ރޮނަން ބެންޖަމިން ސުލިވަން އެވެ. މެޗުގެ 54 ވަނަ މިނެޓުގައި އޭނާ މި ލަނޑުޖެހީ އޭރިޔާބޭރުން ލިބުނު ހިލޭޖެހުމެއްގެ އެހީގައެވެ.
އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ދެވަނަ ލަނޑުޖެހީ ވެސް އުމުރުން 18 އަހަރުގެ ސުލިވަން އެވެ. އޭނާ މި ލަނޑުޖެހީ ބޮލުންނެވެ.
މުބާރާތުގެ ގްރޫޕް ބީ ގައި ދެން ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މާދަމާ ހަވީރު ސްރީ ލަންކާ ނިކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. އެއަށްފަހު މާދަމާ ރޭގެ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ބޫޓާނާ އެވެ.