ENGLISH

20 އޭޕްރީލު 2025

Advertisement

ކީރިތި ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ގިނަގުނަ ޢިލްމީ ހެކިތައް ޤުރުއާނުގައި އެބަހުރި: ޚުޠުބާ

13 ޑިސެމްބަރު 2024

|

އާމިނަތު ޔުމްނާ

ކީރިތި ޤުރުއާން

ކީރިތި ޤުރުއާނަކީ މާތްﷲގެ ކަލާމްފުޅުކަމާއި، އޭގެ މަތިވެރިކަމާއި، އަދި އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައިވާ ގޮތުގެ ޞައްޙަކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި މިއަދު އިއްވި ޚުތުބާގައި ކީރިތި ޤުރުއާނަކީ ޖިބްރީލުގެފާނު މެދުވެރިކުރައްވައި، އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ﷺ އަށް ﷲ ތަޢާލާ ބާވައިލެއްވި މުޢުޖިޒާތެއްކަމާއި ޤުރުއާނުގެ ލަފްޒާއި މާނަ އައިސްފައިވަނީ ﷲގެ ޙަޟްރަތުންކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއީ ސޫރަތުލް ފާތިޙާއިން ފެށިގެން ސޫރަތުއް ނާސްގެ ނިޔަލަށް ކިޔެވުން އަޅުކަމެއް ކަމުގައި ލައްވާފައިވާ ﷲގެ ޝަރީޢަތެއް ކަމުގައި ވެސް ބުނެފައިވެއެވެ.

ކީރިތި ރަސޫލާގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް، ކީރިތި ޤުރުއާން އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ދޮގުކުރުން މުސްތަޙީލުވާހައި ގިނަ އަދަދެއްގެ ރާވީން ސަނަދުގައި ހިމެނިގެން މުތަވާތިރުކޮށްކަމުގައި ވަނީ ޚުތުބާގައި ބަޔާންކޮށްފައެވެ.

ކީރިތި ޤުރުއާނާ އެއްފަދަ ފޮތެއް ގެނެސްގަތުމަކީ އިންސީންނާއި ޖިންނީން ގުޅިގެން މަސައްކަތްކުރިޔަސް ކުރެވޭނެ ކަމެއް ނޫންކަން ﷲ ތަޢާލާ އަންގަވާފައިވާކަމާއި، ކީރިތި ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ގިނަގުނަ ޢިލްމީ ހެކިތައް ޤުރުއާނުގައި އެބަހުރިކަން ފާހަގަކުރެވޭކަމަށް ޚުޠުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު