ENGLISH
23 މާރިޗު 2026
ބިންވެރިޔާ ޚާއްޞަ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށައެޅުން އޭޕްރީލް އެކެއްގައި
23 މާރިޗު 2026
|
ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން
އެންމެ މަޤްބޫލު
ބިންވެރިޔާ ޚާއްޞަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚް ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ބިންވެރިޔާ ޚާއްޞަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚް އޭޕްރީލް ފުރަތަމަ ދުވަހަށް ލަސްކޮށްފައިވާ ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅޭނީ އެ ދުވަހުގެ 11:00 އިން ފެށިގެން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ފުރުސަތު އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
މި ސްކީމަށް ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށައަޅައި ގޯތި ލިބިފައިވާ މީހުންނާއި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުންނަށް ވެސް ފޯމް ހުށައެޅޭނެ އެވެ.
ބިންވެރިޔާ ޚާއްސަ ސްކީމުން ގޯތި ދޫކުރާނީ ރަސްމާލެ އިންނެވެ. ރަސްމާލޭ މަޝްރޫއުގެ ތެރެއިން 65،000 އަށްވުރެ ގިނަ ގެދޮރުގެ ފުރުސަތު ފަހިކުރެވޭނެ ކަމުގައި ސަރުކާރުން ބުނެއެވެ. އެ ސަރަހައްދުން 25،000 ގޯތި ދޫކުރަން ހަމަޖެހިފައިވެ އެވެ.