ENGLISH
18 އޭޕްރީލު 2026
ރާއްޖޭގައި ބާއްވާ ސާފް 20 އަހަރުން ދަށުގެ މުބާރާތް މިއަދު ހަވީރު ފަށަނީ
23 މާރިޗު 2026
|
20 އަހަރުން ދަށުގެ ޓީމު މާޗް ކުރީކޮޅު ސިންގަޕޫރަށް ފުރުން. އެގައުމުގައި ޓީމުން ވަނީ ކޭމްޕެއް ފުރިހަމަކޮށްފައި. ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ރާއްޖޭގައި ބާއްވާ ސާފް 20 އަހަރުން ދަށުގެ މުބާރާތް މިއަދު ހަވީރު ފަށާނެއެވެ.
މި މުބާރާތް ކުޅޭނީ ގަލޮޅު ދަނޑުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލުގެ ޒުވާން ޓީމާއި ބޫޓާންގެ ޒުވާން ޓީމެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
މިފަހަރުގެ މުބާރާތުގައި ސަރަހައްދުގެ ހަތް ގައުމަކުން ވާދަކުރެއެވެ. ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ އިތުރުން ނޭޕާލްގެ ޓީމާއި ބޫޓާން އަދި ސްރީ ލަންކާ އެވެ.
ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.
މިރޭ ރާއްޖޭން ފުރަތަމަ މެޗު ކުޅޭއިރު، ދެ ވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ނިކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗުގައި ރާއްޖެ އަންނަ ހުކުރު ދުވަހު ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޒުވާން ޓީމުން ވަނީ ސިންގަޕޫރުގައި ކޭމްޕެއް ފުރިހަމަކޮށްފައެވެ. އަދި، އެގައުމުގެ ޒުވާން ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ރާއްޖޭން ކުޅުނެވެ. ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު ދެ ވަނަ މެޗުން ވަނީ ބަލިވެފައެވެ.
މުބާރާތުގައި ރާއްޖޭގެ ކޯޗުކަން ކުރާނީ ސީނިއާ ގައުމީ ޓީމުގެވެސް ކޯޗު، އިސްތަވާން އުރުބާނީއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޭޕްރީލް 1 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްެރީލް ތިން ވަނަ ދުވަހު އެވެ.
ސާފް 20 އަހަރުން ދަށުގެ މެޗުތައް އެމްއެމްޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.