ENGLISH

11 އޭޕްރީލު 2025

Advertisement

ސިންގަލްސް ޗެމްޕިއަންކަން ޚާތިމް އާއި ވިދާދު އަށް

13 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޚާތިމް (ކ) އާއި ވިދާދު. --ފޮޓޯ: ސީއޭއެމް

ދެވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ޚާތިމް ޚަލީލް އާއި އައިމިނަތު ވިދާދު ހޯދައިފިއެވެ.

ޑިސެމްބަރު މަހުގެ 4 އިން 12 ގެ ނިޔަލަށް މާލޭ ކެރަމް ހޯލްގައި ކުރިއަށްދިޔަ މުބާރާތުގެ އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭ ގޮތަށް ސިންގަލްސް އިވެންޓްގައި 40 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

މާލޭ ކެރަމް ހޯލްގައި ރޭ ކުޅުނު ފިރިހެނުންގެ ސިންގަލްސް ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން، އިސްމާއިލް އަޒްމީން އަތުން ޚާތިމް ޚަލީލް މޮޅުވީ 2-1 ސެޓުންނެވެ. މިއީ މި އަހަރުގެ މުބާރާތުގައި އަޒްމީން އަތުން ޚާތިމް މޮޅުވި ދެވަނަ ފަހަރެވެ.

މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި އައިމިނަތު ވިދާދު ވަނީ ސީދާ ދެ ސެޓުން އައިޝަތު ފައިނާޒް ބަލިކޮށްފައެވެ. 

ފިރިހެން ސިންގަލްސް އިވެންޓްގެ ރޭންކިންގ މެޗުތަކަށްފަހު ތިންވަނަ މަގާމަށް ހޮވުނީ އިބްރާހިމް ހުޖާން އަލީ އެވެ. އަންހެން ސިންގަލްސް ތިންވަނަ އަށް ދިޔައީ އާމިނަތު ވިޝާމާ އެވެ.

ކިޔުންތެރިންގެ ހިޔާލު