ENGLISH
10 އޭޕްރީލު 2025
ގޯލްޑް ކަޕް: މާލެ ސިޓީ، އަލިފުށި އަދި ނައިފަރު ކުއާޓަރ ފައިނަލަށް
13 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު މާލެ ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ސިޑިބަރި
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން މާލެ ސިޓީ، ރ. އަލިފުށި އަދި ޅ. ނައިފަރު ޖާގަ ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި މާލެ ސިޓީން ވަނީ 1-0 އިން ޅ. ކުރެންދޫ ބަލިކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޔަޒްދާން އެވެ.
މި ނަތީޖާއާއެކު މާލެ ސިޓީގެ އިތުރުން އަލިފުށި ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މެޗުން ބަލިވި ކުރެންދޫ ވަނީ މުބާރާތުން ކަޓައިފައެވެ.
ގޯލްޑް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ދ. މީދޫ އަތުން ނައިފަރު މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ނައިފަރުން ޖެހި ދެލަނޑުގެ ތެރެއިން އެއް ގޯލަކީ މީދޫގެ ހައްމާމް ރަޝީދު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ މުޙައްމަދު ނަދީމެވެ.
މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މާދަމާ ހަވީރު ބ. އޭދަފުށިން ނުކުންނާނީ ހއ. ދިއްދޫއާ ދެކޮޅަށެވެ.