ENGLISH
05 ޖުލައި 2025
މިއީ ވަރަށް އުފެއްދުންތެރި އަދި ޒިންމާދާރު މަޖިލީހެއް: މެމްބަރު މުހައްމަދު އިސްމާޢީލް
12 ޑިސެމްބަރު 2024
|
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢިލް ވާހަކަދައްކަވަނީ
މިއީ ވަރަށް އުފެއްދުންތެރި އަދި ޒިންމާދާރު މަޖިލީހެއް ކަމަށް، ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އިސްމާޢިލް ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު މުޙައްމަދު ޢިސްމާއިލް ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިޔައިރު މިހާތަނަށް މަޖިލީހުގެ 73.3 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މަޖިލީހުގެ 67 ގަޑިއިރު 58 ޖަލްސާގެ ތެރޭގައި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ފައިދާހުރި ގިނަ ކަންތައްތަކެއް މަޖިލީހުގެ ތަޅުމުގައި ނިންމާފައިވާ ކަމަށް ވެސް މެމްބަރު ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ސިޔާސީގޮތުން ވާހަކަތަކެއް އިދިކޮޅު ފަރާތްތަކުން ފާޑުފާޑު ގޮތްގޮތަށް ދެއްކި ކަމުގައިވީ ނަމަވެސް މިއަދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރޭ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިންމާލެވިގެން ދިޔައިރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައީސްކަމާ ހަވާލުވެވަޑައިގަތްތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު ރާއްޖޭގައި އިޖުތިމާއީ ފޭރާން މިބޭފުޅުން ވެރިކަމުން ފައިބައިގެން ދިޔަ އިރު ހަލާކުވެފައި އޮތް މިންވަރާއި އިގްތިސާދު ފުނޑުފުނޑުވެފައި އޮތް މިންވަރާ އަދި ރާއްޖެ ދަރަނިވެރިވެފައި އޮތް މިންވަރު ވެސް ރައްޔިތުންނަށް އެނގޭ،" - މެމްބަރު މުޙައްމަދު އިސްމާޢިލް
އެގޮތުން މި އަނދަވަޅުތަކުން ރާއްޖެ ނަގައި ސަލާމަތްކުރެއްވުމަށްޓަކައި ތަފާތު އެކި ބިލުތަކާއި ގާނޫނުތަކަށް އިސްލާހުތައް ގެނެވި އާ ބިލުތައް ތަޢާރަފްކޮށްފައިވާ ކަމަށް ވެސް މެމްބަރު ފާހަގަކުރެއްވި އެވެ.
ހަމަމިއާއެކު ދުޅަހެޔޮ ރައްކާތެރި ރައްޔިތުންތަކެއް ބިނާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތުގެ ތެރެއިން ރައްޔިތުން އެކަމެއް ބަލައިގަނެ ގަބޫލުކުރި އެއް އިސްލާހަކީ ވޭޕްގެ މައްސަލައަށް ގެނައި އިސްލާހު ކަމަށް މެންބަރު ވިދާޅުވިއެވެ. އާންމުކޮށް މުޅި މުޖުތަމަޢު އާއި އަދި ޚާއްސަކޮށް ސްކޫލުތަކުގެ ބެލެނިވެރިންގެ މެދުގައި އެ ކަންބޮޑުވުން އޮތްކަމަށް ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މި މަހު 15އިން ފެށިގެން މިކަން މަނާވެގެން ދިއުމަކީ އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމެވެ.