ENGLISH
20 އޭޕްރީލު 2025
މަގު ބަންދުކޮށް އެއްގަމު ދަތުރުތަކަށް ހުރަސްއެޅި 22 ޓެކްސީއެއް ޓޯކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
12 ޑިސެމްބަރު 2024
|
ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި، ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ މަގު ބަންދުވާ ގޮތަށް ބޭއްވި ޓެކްސީތަކުގެ ތެރެއިން 22 ޓެކްސީ ޓޯކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ހުޅުމާލޭގައި ބައެއް ޓެކްސީ ޑްރައިވަރުން ރޭ ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން އާއްމު ދަތުރު ފަތުރަށް ހުރަސް އަޅައި ހުޅުމާލޭގެ މަގުތައް ބްލޮކްކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓުން ގެންދިއުމުން މުހައްމަދު ޝާމިން އާއި އަހުމަދު ޝަބީން ފަސް ދުވަހަށް ބަންދުގައި ބެހެެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ނޫމާން އަހުމަދަށް ޝަރުތު ކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ ތަހްގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި މުޒާހަރާ ކުރީ މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދޭން ސަރުކާރު ކުންފުންޏަކާ ހަވާލުކުރަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ނިންމި ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ އިހްތިޖާޖުގައި ޑްރައިވަރުން ވަނީ ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ މަގު ބަންދުކޮށް ޓްރެފިކަށް ދަތިކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައި ވަނީ ސަރުކާރުން ޓެކްސީލައިނެއް އުފެއްދި ނަމަވެސް ޓެކްސީ ޑްރައިވަރުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.