ENGLISH

25 މާރިޗު 2026

Advertisement

59 އަހަރަށް ފަހު އަޤްސާ މިސްކިތުގައި ޢީދު ނަމާދުކުރަން ހުރަސްއަޅައިފި

20 މާރިޗު 2026

|

އައިމިނަތު ޝަފާ

މަސްޖިދުލް އަޤްޞާ

59 އަހަރަށްފަހު މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާގައި ޢީދު ނަމާދުކުރުމަށް ސަހުޔޫނީ ޣައިރު ގާނޫނީ ދައުލަތުން ހުރަސްއަޅައިފި އެވެ. 

ފަލަސްތީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މި މިސްކިތަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު ތަރާވީހު ނަމާދާއި ޢީދުނަމާދުވެސް މެދުކެނޑުމެއް ނެތި ކުރަމުން އައި މިސްކިތެކެވެ. އަޤްޞާ މިސްކިތަށް މީހުންނަށް ނުވަދެވޭ ގޮތަށް ހުރަސް އެޅީ ހުސްވި ރަމަޟާންމަހުގެ 11 ވަނަ ދުވަހު އެވެ. އެއީ ޔަހޫދީންނާއި އެމެރިކާ އިސްވެއޮވެ އީރާނާ ދެކޮޅަށް ހަމަލާތައް ދޭންފެށި ދުވަހެވެ. 

އަޤްޞާ މިސްކިތަށް ވަނުން މަނާ ކުރީ ސަލާމަތީ ސަސަބުތަކަށް ކަމަށް ޔަހޫދީން ވަނީ ބުނެފަ އެވެ. މިއަދު ވެފައިވަނީ އަޤްޞާ މިސްކިތުގައި 1967 ވަނަ އަހަރު ފަހުން ޢީދު ނަމާދު ނުކުރާ ފުރަތަމަ ފަހަރުގެ ގޮތުގައެވެ. އެ އަހަރު އަރަބިންނާއި ޔަހޫދީންނާއި ދެމެދު ކުރެވުނު ހަ ދުވަހުގެ ހަނގުރާމައާއި ހެދި މިސްކިތުގައި ނަމާދުކުރުމަށް ހުރަސްއެޅުނެވެ.  

މީގެ ކުރިންވެސް މިސްކިތައް ވަނުމަށް ހުރަސްއެޅުމާއި މިސްކިތުގައި ނަމާދަށް ތިބޭ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުންފަދަ ލާއިންސާނީ ޢުދުވާނުތައް ސަހުޔޫނީންވަނީ ހިންގާފަ އެވެ. އަދި މިސްކިތައް ގެއްލުން ދިނުމުގެ އަމަލުތައް ވެސް ޔަހޫދީން އަންނަނީ ހިންގަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު