ENGLISH

20 އޭޕްރީލު 2025

Advertisement

ކީރިތި ޤުރުއާން ކިޔެވި އިރު ބައެއް އުނިވެފައި ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން: ޕީއެސްއެމް

12 ޑިސެމްބަރު 2024

|

އެމް އެމް

ޕީއެސްއެމްގެ އެމްޑީ މުހައްމަދު ސަޢީދު

ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) ގެ ޗެނެލްތަކުން ގެނެސްދިން ލައިވް ކޮންޓެންޓެއްގައި ކީރިތި ޤުރުއާން ކިޔަވަމުން ދިޔަ އިރު ބައެއް އުނިވެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި، އެކަން އެ ގޮތަށް ދިމާވި ކަމަށްޓަކައި އެ ކުންފުނީގެ ފަރާތުން ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެ އެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސަޢީދު މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާގެ ޗެނަލްތަކުން ލައިވްކޮށް ގެެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާނުން ބައެއް އުނިވެފައިވާތީ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން މިހާރު ބަލާފައިވާ ކަމަށެވެ.

"މި ކުންފުނީގެ ޗެނަލްތަކުން ލައިވްކޮށް ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާނުގެ ބައެއް އުނިވެފައިވަނީ އެޑިޓް ކުރުމުގެ ސަބަބުންނެއް ނޫން. އެފަދަ ކަމެއް މި ކުންފުނީގެ ފަރާތުން ދުވަހަކު ވެސް ނުކުރާނެ. އެހެންކަން ދިމާވީ މި ދެންނެވި ކޮންޓެންޓް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލު ކުރުމުގެ ތެރޭގައި،" ޕީއެސްއެމްގެ އިސްވެެރިންނާ އެކު ދެެއްވި ވީޑިއޯ ބަޔާނުގައި ސަޢީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެއް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލު ކުރުމަކީ އާއްމުކޮށް ކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ހާލަތްތަކުގައި ސިގްނަލް ބަދަލު ކުރަނީ މީހަކު ވާހަކަ ދައްކާ ގަޑިއެއްގައެއް ނޫން ކަމަށާއި މި ދެންނެވި ކޮންޓެންޓް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލަށް ބަދަލު ކުރެވުނީ ކީރިތި ޤުރުއާން ކިޔަވަމުން ދަނިކޮށް ކަމަށް ވިދާޅުވި އެވެ.

ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިން ކޮންޓެންޓުގައި ކީރިތި ޤުރުއާނުން ބައެއް އުނިވެފައިވާތީ އެ ވަގުތު ކޮންޓްރޯލް ރޫމުގައި ތިބި މީހުން މިހާރު ވަނީ މަސައްކަތުން އެކަހެރި ކުރެވިފައި ކަމަށް ވެސް ސަޢީދު ވިދާޅުވި އެވެ. އަދި ޕީއެސްއެމުން ގެނެސްދިން ކޮންޓެންޓުގައި ކީރިތި ޤުރުއާނުން ބައެއް އުނިވެފައި ވަނީ އެޑިޓް ކުރުމުގެ ސަބަބުންތޯ ބެލުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް މިހާރު ވަނީ ސިޓީއެއް ފޮނުވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު