ENGLISH

20 އޭޕްރީލު 2025

Advertisement

އެމްޑީޕީން ގާނޫނުއަސާސީގެ ދިފާޢުގައޭ ބުނީމާ އަންނަނީ ހިނި: އެމްޕީ އަހުމަދު ރިޔާޒް

12 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

ފޮޓޯ: އެމް އެމް ޓީވީ

އެމްޑީޕީން ގާނޫނު އަސާސީގެ ދިފާއުކުރުމުގެ ވާހަކަ ދެއްކީމާ އަންނަނީ ހިނިކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު ވަނީ އެމްޑީޕީގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މަޖިލީހުގައި މީގެ ކުރިން ގާނޫނުއަސާސީއަށް ފައިން އެރި ދުވަސް ހަނދާން ކޮށްދެއްވައިފައެވެ.

އަދި އެމްޑީޕީ އިން އެ އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރާއްޖެ ހަމަމަގަށް އަޅުވާތީ އެކަން ހަޖަމްް ނުވެގެން ކަމަށް ވެސް މެންބަރު ރިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީން ގައުމުގެ ހަމަޖެހުން ނަގާލަން ކެނޑިނޭޅި މަސައްކަތް އެކުރަނީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު، ދުވަހެއް ދުވަހަކަށް އިތުރުވާ މަންޒަރު ފެންނާތީ ހަދާނެ ގޮތެއް ނެތިގެން ކަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

ރިޔާޒު ވަނީ ޑޮލަރުގެ ކަންތަކުގައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުން ޖުމްލަ ގޮތެއްގައި މުޅި ރައްޔިތުންނަށް ވާނެ ފައިދާތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކުރިޔަށް އޮތް ތާނގައި ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށާއި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ލިބޭ ވަރަށްވުރެ ދެގުނަ އިތުރަށް ޑޮލަރު ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު
13 ޑިސެމްބަރު 2024

އެޑަމް ·

ތިޔަ ޑޮލަރު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަން