ENGLISH
20 އޭޕްރީލު 2025
ބޭރުފައިސާއާ ބެހޭ ބިލް މަޖިލީހުން ފާސްކޮށްފި
12 ޑިސެމްބަރު 2024
|
މަރުކަޒީ ބޭންކް، އެމްއެމްއޭ-- ފޮޓޯ/ ހޮޓެލިއާ
ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅި ބޭރު ފައިސާއާ ބެހޭ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފިއެވެ.
މާރުކަޒީ ބޭންކު، އެމްއެމްއޭއިން އެކުލަވާލި ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ތާއީދާއެކުއެވެ. މި ބިލާ ދެކޮޅަށް 11 މެންބަރުން ވޯޓު ދީފައިވެ އެވެ.
އާންމުގެ ޚިޔާލު ހޯދައި، އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ގެނައި ކުދިކުދި އިސްލާހުތަކަށްފަހު، ފާސްކުރި ބިލުގައި ވާގޮތުން ޓޫރިޒަމް ޚިދުމަތްދޭ ތަންތަނާއި ގިނަ އަދަދަކަށް ބޭރު ފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކަށް ޑޮލަރު ޖަމާކޮށް މާރުކުރަން ޖެހޭނެއެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކުން ބޮލަކަށް 500 ޑޮލަރު ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު ބޭންކުތަކަށް މާރުކުރަން ޖެހޭނެއެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 25 ޑޮލަރު ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭނެއެވެ. މީގެ އިތުރުން 15 މިލިއަން ޑޮލަރަށްވުރެ ގިނައިން އަހަރަކު ލިބޭ ފަރާތްކުން ވެސް މަހަކު ލިބޭ އާމްދަނީގެ 20 ޕަސެންޓް ބޭންކަށް ޖަމާކުރަން ޖެހެއެވެ.
މި ބިލް ތަންފީޒުކުރުން ފަސޭހަކޮށްދިނުމަށްޓަކައި، ކަމާ ގުޅުންހުރި އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމުގެ ބާރު އެމްއެމްއޭއަށް ދީފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭރު ފައިސާއާ ބެހޭ ބިލް ފާސްކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެމްއެމްއޭއިން ވަނީ ބޭރުފައިސާއާ ބެހޭ ޤަވާއިދަކަށް އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށައިފައެވެ.
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި ބޭރު ފައިސާ އާ ބެހޭ ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭ ނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެއެވެ. އަދި ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަންނަންވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެވޭނެ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.