ENGLISH

18 މާރިޗު 2026

Advertisement

ލަރިޖާނީ ޝަހީދުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން ދޭ ހަމަލާތަކުގައި ތެލް އަވީވް އަނދަނީ

18 މާރިޗު 2026

|

އައިމިނަތު ޝަފާ

އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4 ގެ ދަށުން އީރާނުން ދެމުން އަންނަ ރައްދު ހަމަލާތައް.

އީރާނުގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ، ޢަލީ ލަރިޖާނީ ޝަހީދުކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލަށް އަމާޒުކޮށް އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށައިފި އެވެ. 

"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން ދިން މި ހަމަލާތަކަކީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ކެމްޕޭނަށް ރައްދު ދިނުމުގެ ގޮތުން ދިން 61 ވަނަ ރައްދުކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. 

ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކުރާގޮތުގައި ކްލަސްޓަރ ވޯހެޑް، ނުވަތަ ގިނަ އަދަދެއްގެ ވަކިވަކި ބޮންތަކެއް ހިމެނޭ މިސައިލް ބޭނުން ކޮށްގެން ދެމުންދާ ހަމަލާތައް ދިފާއު ކުރުމަށް ސަހުޔޫނީ ޣައިރު ގާނޫނީ ޔަހޫދީ ދައުލަތް ވަނީ ނުކުޅެދިފަ އެވެ. ތެލް އަވީވްގެ ގިނަ ސަރަހަޙައްދުތަކަކަށް އިރާނުގެ ހަމަލާތަކުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.މި ހަމަލާތަކުގައި ބޭނުންކުރަމުން އަންނަނީ "ޚަރްމަޝްހެރު 4" އަދި "ޤަދަރް" "އިމާދު" އަދި "ޚައިބަރު-ޝެކަން" މަރުކާގެ އެންމެ ޒަމާނީ މިސައިލްތަކެވެ.

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން ބުނީ މި ހަމަލާތަކަކީ އީރާންގެ ގަޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ އަލީ ލަރިޖާނީއާއި އޭނާގެ ދަރިކަލުން އަދި ނާއިބު ޢަލީ ރިޟާ ބައްޔާތު ޝަހީދުކޮށްލުމުން އެ ކަމުގެ ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކެއް ކަމުގަ އެވެ. 

މި ހަމަލާތަކާ ގުޅިގެން ތަލްއަވީވްގެ ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު، ސަހުޔޫނީންގެ ކަމާބެހޭ އިދާރާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ފޮނުވުމަށް ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. 

ހަނގުރާމައިގެ ގެއްލުން ބޮޑުވެ އެމެރިކާއިން ވަނީ އިރާނާއެކު މަޝްވަރާ ކުރުމަށް ގޮވާލާފަ އެވެ. އެހެންނަމަވެސް އީރާނުގެ މިހާރުގެ ރޫޙީ ލީޑަރު މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީ ވަނީ އެމެރިކާއިން ފޮޮޮނުވި ސުލްހައިގެ ހުށަހެޅުންތަކަށް އިންކާރު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު