ENGLISH
18 މާރިޗު 2026
ލަރިޖާނީއާ ސުލައިމާނީ އަވަހާރަކޮށްލާފައިވާކަން އިރާނުން ކަށަވަރު ކޮށްދީފި
18 މާރިޗު 2026
|
ލަރިޖާނީއާ ސުލައިމާނީ
އެންމެ މަޤްބޫލު
އީރާންގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ އަލީ ލަރިޖާނީ އާއި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީ އަވަހާރަކޮށްލާފައިވާކަން އިރާން ސަރުކާރުން ކަށަވަރު ކޮށްދީފި އެވެ.
އީރާންގެ ޤައުމީ ޓީވީން މިރޭ ވަނީ އެކަން ޔަޤީންކޮށްދީފަ އެވެ. އީރާންގެ ޤައުމީ ސަލާމަަތާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ ބަޔާނާއި ހަވާލާދީ އެ ޤައުމުގެ ޤައުމީ ޓީވީން ބުނީ އިޒްރޭލުން ހިންގަމުންދާ އުުދުވާންގައި ވައިގެ ހަމަލާއެއްދީ ޤައުމީ ސަލާމަތާ ބެހޭ ވެރިޔާ ޝަހީދުކޮށްލާފައިވާ ކަމަށެވެ.
ލަރިޖާނީ އަކީ އީރާންގެ މި ފަހުގެ ތާރީޚު ދުށް އެންމެ ހިތްވަރު ގަދަ ޝަޚުސިއްޔަތުންގެ ތެރޭގައި ހިމެނޭ ޤައުމީ ބޮޑު ޚިދުމަތްތެރިއެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީ ވެސް އަވަހާރަކޮށްލާފައިވާ ކަން ވަނީ ހާމަކޮށްފަ އެވެ.
އީރާނުން މިކަން ކަށަވަރުކޮށްދީފައި މިވަނީ ލަރިޖާނީއާ ގުލާމްރޭޒް ސުލައިމާނީ އަވަހާރަކޮށްލާފައިވާ ކަަމަށް އިޒްރޭލުން އިއުލާނު ކޮށްފައި ވަނިކޮށެވެ.
މި ދެ ބޭފުޅުން އަވަހާރަކޮށްލުމުން މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ހޫނުވުމުގެ ފުރުސަތު ބޮޑެވެ. އަދި އީރާންގެ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަަށް ވެސް ބެލެވެ އެވެ.
އީރާނުން މިރޭ ވެސް ދަނީ އިޒްރޭލަށް ވައިގެ ހަމަލާތައް ދެމުންނެވެ.
އީރާންގެ ކުރީގެ ލީޑަރު ޙާމަނާއީ އަަށް ފަހު އިޒްރޭލާއި އެމެރިކާއިން އަވަހާރަކޮށްލަން އެންމެ ބޭނުންވި ބޭފުޅަކީ ލަރިޖާނީ އެވެ. ލަރިޖާނީ އަވަހާރަކޮށްލާފައި މިވަނީ ހާމަނާއީ އަވަހާރަކޮށްލިތާ 18 ދުވަސް ފަހުންނެވެ.