ENGLISH

20 އޭޕްރީލު 2025

Advertisement

ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހާ ނިންމާނެ: އިސްލާމިކް މިނިސްޓްރީ

12 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

ސައުދީއިން ހަދިޔާކޮށްފައިވާ ކަދުރު- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރޯދަ މަހަށް ސައުދީ އަރަބިއާ އިން ހަދިޔާކުރާ ކަދުރު މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ބަހާ ނިންމާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެ އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު އެ ވުޒާރާ އަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ރަމަޟާން މަސް ފެށުމުގެ ކުރިން ކަދުރު ބެހުމުގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މީގެ އިތުރުން މި އަހަރުގެ ކަދުރު ބަހާއިރު، މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް އިސްކަން ދެއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ސައުދީން 7،000 ޓަނަށްވުރެ ގިނަ ކަދުރު 40 އަށް ވުރެ ގިނަ އިސްލާމީ ގައުމަށް ހަދިޔާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު