ENGLISH

10 އޭޕްރީލު 2025

Advertisement

ޓޮރޭޒްގެ އެހީއާއެކު ބާސާ ދެވަނަ އަށް

12 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ފެރާން ޓޮރޭޒް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެރާން ޓޮރޭޒް ވައްދާލި ދެ ލަނޑާއެކު ބޮރޫޝިއާ ޑޯޓްމުންޑް 3-2 އިން ބަލިކޮށް، ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ޑޯޓްމުންޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. 

ބާސެލޯނާގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ ފެރާން ޓޮރޭޒް އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ކެޕްޓަން، ރަފީނިއާ އެވެ.

ޑޯޓްމުންޑުން ޖެހި ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ ގިނީގެ ފޯވާޑް، ސެރްހޫ ގިރާސީ އެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ހަ މެޗުން 15 ޕޮއިންޓް ހަމަކޮށް، ދެވަނައިގައެވެ. ބާސެލޯނާއާ، އެންމެ ކުރީގައި އުޅޭ ލިވަޕޫލްއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.

މި މެޗުން ބަލިވި ޑޯޓްމުންޑް އޮތީ ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފެޔަނޫޑުން 4-2 ގެ ނަތީޖާއަކުން ވަނީ ސްޕާޓާ ޕްރާގް ބަލިކޮށްފައެވެ. ސްޓުޓްގާޓްގެ ދަނޑުގައި އެ ޓީމުން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔަންގް ބޯއީސް އަތުން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު