ENGLISH
16 މާރިޗު 2026
ޕީއެންސީގެ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް މިއަދު މުޅި ރާއްޖޭގައި
16 މާރިޗު 2026
|
މުޅި ރާއްޖޭގައި ޕީއެންސީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހިނގުމުގެ ދާއިރާގައި ބައިވެރިވާ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ޓީމް. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، ދެ އިންތިހާބުގެ ރިފަރެންޑަމް ވޯޓުގެ ކެމްޕޭނަށް އަމާޒުކޮށްގެން، ޕީއެންސީން މުޅި ރާއްޖޭގައި އެއް ދުވަހެއްގައި ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހިނގުމުގެ ހަރަކާތް މިއަދު ފަށައިފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސެކްރެޓްރީ ޖެނަރަލް މުއާޒު ހަލީމް އެމްއެމްޓީވީއަށް ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދު ހަވީރު 16:00 އިން 17:30 އަށް އަދި މިރޭ 21:30 އިން 22:30 އަށް ކަމަށެވެ.މިއަދު ހަވީރުގެ ސެޝަން މިހާރު ކުރިއަށް ގެންގޮސްފައިވާއިރު، މިރޭގެ ވަގުތުތަކުގައި މި ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެކަމަށް މުއާޒު ވިދާޅުވި އެވެ.
މުޅި ރާއްޖޭގައި ޕީއެންސީން ކުރިއަށް ގެންދާ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ:ޕީއެންސީ
މި ކެމްޕޭން ހަރަކާތްތައް ރާވައި އިންތިޒާމުކުރަނީ ޕާޓީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާޙްގެ ސީދާ ބެއްލެވުމުގެ ދަށުންކަމަށާއި މި މަސައްކަތް ކުރިއަށްދަނީ އެލް.ސީ.އީ ޓެކްނިކަލް ކޮމިޓީގެ އިރުޝާދާއި ލަފާގެ މަތިން، ކޮންގްރެސް ޕާޓީގެ ހުރިހާ ދާއިރާ ރައީސުންނާއި ސްޓިއަރިންގ ކޮމިޓީތައް ގުޅިގެންކަމަށް ވެސް މުއާޒު ވިދާޅުވި އެެވެ.
މުޅި ރާއްޖޭގައި ޕީއެންސީން ކުރިއަށް ގެންދާ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ:ޕީއެންސީ
ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމަށް ކޮންގްރެސް ޕާޓީން ކެމްޕެއިންގެ ހަރަކާތްތައް މުޅި ރާއްޖޭގައި މެކުހަށް ޖަހާފައިވާއިރު، މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑޭޓުންނާއެކު ކުރިއަށްގެންދަވާ ދޮރުން ދޮރަށް ހަރަކާތެއް ވެސް ވަނީ ފައްޓަވާފަ އެވެ.
ހަފްތާ ބަންދު ފިޔަވައި ހަފްތާގެ ފަސް ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި މިހާތަނަށް އެމަނިކުފާނުވަނީ މާލޭގެ ހަތަރު އަވަށާއި، ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ތިން ވޯޓެއް ހިމެނޭ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.