ENGLISH

10 އޭޕްރީލު 2025

Advertisement

ސަކާގެ މޮޅު ކުޅުމާއެކު މޮނާކޯ ބަލިކޮށް އާސެނަލް ތިންވަނަ އަށް

12 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ސަކާ (ކ) ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ބުކާޔޯ ސަކާ ދެއްކި މޮޅުކުޅުމާއެކު މޮނާކޯ 3-0 އިން ބަލިކޮށް އާސެނަލުން ތާވަލްގެ ތިންވަނަ އަށް ޖެހިލައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ ފަހު ހާފުގައެވެ. އަދި، މީގެތެރެއިން ދެ ގޯލު ޖަހައިދިނީ ސަކާ އެވެ. 

މި މެޗުގައި އާސެނަލުން ޖެހި ފަހު ލަނޑު، ކައި ހަވާޓްޒް ކާމިޔާބުކޮށްދިނީ ސަކާ ދިން ބޯޅައަކުންނެވެ. 

މި ނަތީޖާއާ އެކު އާސެނަލް ވަނީ އެ މުބާރާތުގެ ލީގު ފިޔަވަހީގެ ބުރުގެ ތިންވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ހަ ޓީމަކަށް މި އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. 

މި މެޗުން ބަލިވި މޮނާކޯ އޮތީ 16 ވަނައިގައެވެ. އެ ޓީމު ކުޅުނު ހަ މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އޭސީ މިލާނުން ވަނީ 2-1 އިން ރެޑް ސްޓަރ ބެލްގްރޭޑް ބަލިކޮށްފައެވެ. ބެންފީކާގެ ދަނޑުގައި ބޮލޯނިއާ އާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ލިއްލެގެ ދަނޑުގައި އެ ޓީމު ވަނީ 3-2 ގެ ނަތީޖާއަކުން ސްޓާމް ގްރާޒް ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު