ENGLISH
10 އޭޕްރީލު 2025
ގޯލްޑް ކަޕް: ދިއްދޫން މާފުށި ބަލިކުރިއިރު، ގުރައިދޫ ކުއާޓާ އަށް
12 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ދިއްދޫގެ ކުޅުންތެރިއަކު އުފާ ފާޅުކުރަނީ. --ފޮޓޯ: އަދަދު
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ހއ. ދިއްދޫން ކ. މާފުށި ބަލިކުރިއިރު، ކ. ގުރައިދޫން ވަނީ ތ. ތިމަރަފުށި ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދިއްދޫގެ ލަނޑުތައް ޖަހައިދިނީ އަހުޒަމް ރަޝީދު (އަހޫ) އާއި އާދަމް އާޒިމް އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ތިމަރަފުށްޓާ ދެކޮޅަށް ގުރައިދޫ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، އެ ޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް، އަހުމަދު އިބްރާހިމް އަލް ހަޝަޝް އެވެ.
މި މެޗުން ބަލިވުމުން ތިމަރަފުށްޓަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.
މި ނަތީޖާއާއެކު ގުރައިދޫ ވަނީ މި ގްރޫޕުގެ އެއްވަނަ މަގާމު ހޯދައިފައެވެ. އެ ޓީމަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޏ. ފުވައްމުލަކު ސިޓީ އާއި ތިމަރަފުއްޓަށް ލިބިފައިވަނީ އެއްޕޮއިންޓެވެ. މި ގްރޫޕުގެ ފަހު މެޗުގައި ގުރައިދޫން ނުކުންނާނީ ފުވައްމުލަކާ ދެކޮޅަށެވެ.
ގޯލްޑް ކަޕްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި މާލެ ސިޓީ ބައްދަލުކުރާނީ ޅ. ކުރެންދޫއާ އެވެ.