ENGLISH

20 އޭޕްރީލު 2025

Advertisement

ތިން މިނިސްޓްރީއެއް ހިންގާ އިމާރާތުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

12 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ހައުސިން މިނިސްޓްރީ ހިންގާ ޢިމާރާތުގައި އޮވެ އަނދަމުން ދަނީ. --ފޮޓޯ: އެމްޑީއެފް

12 ޑިސެމްބަރު 2024 11:52

12 ޑިސެމްބަރު 2024 10:49

ގެދޮރުވެރިކަމާ ބެހޭ ވުޒާރާ އިން ދެންމެ ވިދާޅުވި ގޮތުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީގެ ދެމުން ގެންދާ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައި. ޚިދުމަތް އަލުން ފަށާނެ ދުވަހެއް އިޢުލާން ކުރާނެ ކަމަށް ވެސް ވިދާޅުވި.

12 ޑިސެމްބަރު 2024 10:46

އަލިފާން ރޯވިތާ ހަތަރު ވަރަކަށް ގަޑިއިރު ފަހުން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި.

12 ޑިސެމްބަރު 2024 10:37

12 ޑިސެމްބަރު 2024 10:12

ގެދޮރުވެރިކަމާ ބެހޭ މިނިސްޓްރީން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް ލިޔެކިޔުމަކަށް ނުވަތަ މަޢުލޫމާތަކަށް އަސަރެއް ނުކުރާނެ. ސަބަބަކީ އެ ލިޔުންތަކަކީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަހަލަހައްޓަމުންދާ މަޢުލޫމާތުތަކަށް ވާތީ.

12 ޑިސެމްބަރު 2024 10:11

ގެދޮރުވެރިކަމާއި ބިމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވި ގޮތުގައި އެ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރްމަންޓް މިނިސްޓްރީ ހިންގަމުން އަންނަ ޢިމާރާތުގައި ވެސް ވަނީ ވަރަށް ބޮޑަށް ރޯވެފައި.

12 ޑިސެމްބަރު 2024 10:00

12 ޑިސެމްބަރު 2024 10:00

އަލިފާނުގެ ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވޭ.

12 ޑިސެމްބަރު 2024 09:57

ހައުސިންގ މިނިސްޓްރީ އިމާރާތުގައި ރޯވުމާ ގުޅިގެން އިމާރާތުގައި ހުރި ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގ އަދި ވައިޓަލް ރެޖިސްޓްރޭޝަންގައި ހުރި ލިޔެކިޔުންތަކާއި މުދާތައް ނެރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދޭ.

12 ޑިސެމްބަރު 2024 09:53

ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް އާއްމުން ނުނިކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ) އިން ވަނީ އިލްތިމާސްކޮށްފައި.

12 ޑިސެމްބަރު 2024 09:50

އަލިފާން ރޯވި ސަރަހައްދުގައި ހުންނަވައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މީޑިއާތަކަށް ވިދާޅުވީ ސިފައިންގެ އަތުގައި ހުރި ހުރިހާ ސާމާނެއް ބޭނުންކޮށްގެން، އަލިފާން ނިއްވަން މަސައްކަތްކުރަމުން ދިޔަ ކަމާށާއި އެންމެ ފުރަތަމަ އިސްކަން ދިނީ ކައިރީ ހުރި އިމާރާތްތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ކަމަށް. އެ މަސައްކަތް ނިމުމު އިރު އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި.

12 ޑިސެމްބަރު 2024 09:49

12 ޑިސެމްބަރު 2024 09:45

އިމަންޖަންސީ އިވެކުއޭޝަން ސެންޓަަރެއް މި ވަގުތު ވަނީ ސޯޝަލް ސެންޓަރގައި ގާއިމްކޮށްފަ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅައިގެން އެހީ ހޯދުމަށް ނުވަތަ އެ ސެންޓަރަށް ދިއުމަށް އެންޑީއެމްއޭއިން އިލްތިމާސްކުރައްވާ.

12 ޑިސެމްބަރު 2024 09:44

12 ޑިސެމްބަރު 2024 09:41

ހައުސިން މިނިސްޓްރީ ހުންނަނީ މީހުން ވެސް ދިރިއުޅޭ ސަރަޙައްދެއްގައި. އެެހެންކަމުން އަލިފާން ރޯވެފައިވާ އިމާރާތުގެ ވަށައިގެންވާ އިމާރާތްތަކުން މީހުން ހުސްކޮށް ސޯޝަލް ސެންޓަރަށް ބަދަލު ކުރުމުގެ މަސައްކަތް ދިވެހި ރެޑްކްރެސެންޓާއި އެންޑީއެމްއޭ އިން އަންނަނީ ކުރަމުން.

12 ޑިސެމްބަރު 2024 09:39

އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ވެލާނާ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ޓީމުތަކުން ވެސް ބައިވެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނޭ.

ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވެ އަނދަމުން އެބަދެއެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާން ރޯވެފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާ ހުންނަ އިމާރާތުގެ އަމީނީ މަގާ ދިމާއަށް ހުންނަ އިމާރާތުގައެވެ.

މަޢުލޫމާތު ލިބޭގޮތުގައި އަލިފާންގަނޑު ވަނީ މިހާރު ގްރީން ބިލްޑިންގަށް ވެސް ފެތުރިފައެވެ.

ފުލުހުން ބުނި ގޮތުގައި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އަދި އެ ސަރަހައްދުގެ ގެތަކުން މިހާރު ދަނީ މީހުން ހުސްކުރަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ދާދި ދެންމެ އަކު ވަނީ ވަޑައިގެންފަ އެވެ. ރައީސް އަރިހުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ވަނީ ވަޑައިގެންފައެވެ.

ހައުސިން މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ އަދިވެސް ދަނީ ފެތުރެމުންނެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން އެންމެ ފުރަތަމަ ރޯވީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ. އޭގެ ފަހުން އަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރުނީއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ޣިޔާސުއްދީން ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން މިހާރު ވަނީ މެދުކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު