ENGLISH
12 މާރިޗު 2026
އިރާގުގެ ކުރުދީސްތާނުގައި ހުންނަ އިޓަލީގެ އަސްކަރީ މަރުކަޒަށް ހަމަލާދީފި
12 މާރިޗު 2026
|
ފޮޓޯ: ގޫގަލް
އެންމެ މަޤްބޫލު
އިރާގުގެ ކުރުދީސްތާނުގައި ހުންނަ އަސްކަރީ މަރުކަޒަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިރާގުގެ ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން އެ މިނިސްޓްރީން ބުނީ އާބިލްގައި ހުންނަ އިޓަލީގެ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީގެ މަސްދަރުތަކުން ފަހުން ބުނެފައިވަނީ އެއީ އަސްކަރީ އުޅަނދެއް ހަލާކުކޮށްލި ޑްރޯނަކުން ލިބުނު ހަމަލާއެއްކަމަށެވެ.
"އިޓަލީގެ އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔުާއެއް ލިބިފައެއް ނުވޭ. އެ އެންމެންގެ ހާލުވެސް ރަނގަޅު" - އިރާގުގެ ޑިފެންސް މިނިސްޓްރީ
މީގެ އިތުރުން، މި ޑްރޯނަކީ ސީދާ އިޓަލީގެ މަރުކަޒަށް އަމާޒުކޮށް ދިން ހަމަލާއަކަށް ނުވެދާނެކަމަށާއި އޭގެ ބަދަލުގައި މިއީ މިސްރާބު ބަދަލުވެގެން ގޮސް، އެތަނަށް ވެއްޓުުނު ޑްރޯނެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް މިނިސްޓްރީން ބުނިއެވެ.
އެ ހަމަލާ އައީ ކޮންތާކުން ކަމެއް އަދި އެނގިފައެއް ނުވެއެވެ. އެއާ ރެއިޑް އެލާޓް ނިމިފައިވީ ނަމަވެސް ތަޖުރިބާކާރުން އަދިވެސް ދަނީ އެ ސަރަހައްދު ޗެކްކޮށް ބަލަހައްޓަމުންނެވެ.