ENGLISH
10 އޭޕްރީލު 2025
2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސަޢުދީގައި
11 ޑިސެމްބަރު 2024
|
ސަޢުދީގައި ވޯލްޑް ކަޕް ބާއްވާނެކަން ކަށަވަރުމުން ސައުދީ ސްޕޯޓްސް މިނިސްޓަރު (ކ) އުފާ ފާޅުކުރައްވަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
ދެހާސް ތިރީސް ހަތަރުވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސަޢުދީ އަރަބިއްޔާގައި ބާއްވަން ދުނިޔޭގެ ފުޓުބޯޅަ ޖަމިއްޔާ (ފީފާ) އިން މިރޭ ނިންމައިފި އެވެ.
އަދި 2030 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގެ ޖޮއިންޓް ބިޑް ކާމިޔާބުކޮށްފައިވާކަން ވެސް ފީފާ އިން ވަނީ އިއުލާންކޮށްފައެވެ.
މި ދެ މުބާރާތް ހޯސްޓްކުރާ ގައުމުތައް ކަށަވަރުވެފައިވަނީ މިއަދު ބޭއްވި ފީފާގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި ނެގުނު ވޯޓަކަށްފަހު އެވެ.
މި ކޮންގްރެސްގައި ފީފާގެ މެންބަރުންގެ ގޮތުގައި ހިމެނޭ 211 ގައުމަކުން ވަނީ ވީޑިއޯ ލިންކް މެދުވެރިކޮށް ބައިވެރިވެފައެވެ.
ދެހާސް ތިރީސް ހަތަރެއް 2034 ވަނަ އަހަރުގެ މުބާރާތް ބާއްވާ ގައުމު ކަށަވަރުވެގެން ދިޔައީ ވަކިން ނެގުނު ވޯޓަކުންނެވެ.
މިއަދުގެ ކޮންގްރެސްގައި އެންމެ ފުރަތަމަ ވޯޓަކަށް އަހާފައިވަނީ ވޯލްޑް ކަޕް ބާއްވާތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 2030 ވަނަ އަހަރު މުބާރާތް ބާއްވާ ގައުމެއް ކަނޑައެޅުމެވެ. އެގޮތުން، އެ މުބާރާތުގެ ތިން މެޗެއް ދެކުނު އެމެރިކާގެ އާޖެންޓީނާ، ޕެރަގުއޭ އަދި އުރުގުއޭގައި ބޭއްވުމަށް ނިންމިއެވެ. ދެން އެއަށްފަހު، އެ މުބާރާތުގެ ހޯސްޓު ގައުމުތަކުގެ ގޮތުގައި ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯ ވަނީ ވޯޓަކަށް ފަހު ކަށަވަރުވެފައެވެ.
ދެހާސް ތިރީސް ހަތަރު ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ސައުދީން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މެޗުތައް ބޭއްވުމަށް ހަަމަޖެހިފައިވާ 15 ސްޓޭޑިއަމުގެ ތެރެއިން ހަތަރު ސްޓޭޑިއަމެއް މިހާރު ވަނީ ނިމިފައެވެ.
ތަކުރުފާނު ·