ENGLISH

20 އޭޕްރީލު 2025

Advertisement

މި މަސް ތެރޭ 55 ކައުންސިލް އޮފީސް ޢިމާރާތްކުރުމުގެ އެގްރިމެންޓުގައި ސޮއިކުރެވޭނެ: އާދަމް ޝަރީފް

11 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

މިނިސްޓަރު އާދަމް ޝަފރީފް ޢުމަރު.

މި މަސް ނިމުމުގެ ކުރިން 55 ކައުންސިލް އިމާރަތުގެ މަސައްކަތްތައް ފެށުމުގެ އެގްރިމެންޓުގައި ސޮއިކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ " ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ ފަރާތުން ލިބުނު އެންމެ ބޮޑު ކަންބޮޑުވުމަކީ ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ކައުންސިލް އިދާރާތައް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައި ހުރީމަ އެތަންތަން އާބާތުރަ ފިލުވުން ކަމަށެވެ. ވަޒީރު ވިދާޅުވީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި މި ނިޒާމު ރަނގަޅު ކުރުމަށްޓަކައި އެހާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށާއި ޚާއްސަކޮށް ޢުމްރާނީ ގޮތުން މި ނިޒާމް ހަރުދަނާ ކުރުމަށް ކުރެވިފަހުރި މަސައްކަތްތައް ވަރަށް މަދުކަމަށެވެ.

"ގާތްގަނޑަކަށް ހުރިހާ ކައުންސިލެއްގެ އިދާރާ މިހުރީ އަޅާންޖެހިފައި. އެހެނވީމާ އެކަން އެއީ ރައީސުލް ޖުމްހޫރިއްޔާއަށް ފާހަގަކުރެވުނު، ދަތިފުޅުވިކަމެއް އަދި ކައުންސިލްތަކުން ވެސް އެންމެ ބޮޑަށް އެދުނު އެއްކަމަށް އެކަންވާތީ، ރައީސުލް ޖުމްހޫރިއްޔާ ދެ ޕްރޮޖެކްޓެއް އެބަ ފައްޓަވާ." - ވަޒީރު އާދަމް ޝަރީފު އުމަރު

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ފައްޓަވާ ދެ ޕްރޮޖެކްޓްގެ ތެރެއިން އެއް ޕްރޮޖެކްޓަކީ، ޗައިނާ ސަރުކާރުގެ އެހީގައި ކައުންސިލް އިދާރާތައް އިމާރާތް ކުރުމަށް ފައްޓަވާ މަޝްރޫޢު ކަމަށެވެ. އަދި ދެވަނަ މަޝްރޫޢަކީ މިހާރު ޕީއެސްއައިޕީ ޕްރޮޖެކްޓުގައި ހިމެނިފައިހުރި ކައުންސިލް އިދާރާތައް އިމާރަތް ކުރުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާ ދެ ޕްރޮޖެކްޓް ނިމޭއިރު ރާއްޖޭގައި މިވަގުތު ހުރި ކައުންސިލްތަކުގެ 71 އިންސައްތަ މުޅިން އާވާނެ ކަމަށާއި މިއީ ރައީސްގެ ޒަޢާމަތުގައި ކައުންސިލް އިދާރާތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު