ENGLISH
20 އޭޕްރީލު 2025
ވެރިކަމުގެ ފުރަތަމަ އަހަރު ހޭދަވީ އެމްޑީޕީން ހޭވި ހަޑި ސާފު ކުރަން: ޑެޕިއުޓީ މޭޖަރު ނަރީޝް
11 ޑިސެމްބަރު 2024
|
އެމްއެމް ޓީވީގައި ނަރީޝް ވާހަކަ ދައްކަވަނީ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ލިބުނީ ތޮށިގަނޑެއް ކަމަށާއި، ވެރިކަމުގެ ފުރަތަމަ އަހަރު މިހޭދަވީ އެމްޑީޕީން ނިމިދިޔަ ދައުރުގައި ހާވާފައިވާ ހަޑިތައް ސާފުކުރަން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ރައްޔިތުންގެ ދިފާޢުގައި" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަރީޝް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގާއިމްކޮށްފައިވާ ހަމަޖެހުން ނަގާލަން މަސައްކަތް ނުކޮށް، ގައުމުގެ ތާރީޚުގައި ދެކެފައިނުވާ ވަރުގެ ތަރައްޤީ ގެންނަތަން ހަމަޖެހިލައިގެން ބަލަންތިބުމަށް އިދިކޮޅު އެމްޑީޕީ އަށް ގޮވާލައްވައިފައެވެ.
ޑެޕިއުޓީ މޭޔަރ ވަނީ މިގައުމު ހަމަޖެހުމުގެ ނޭވާއެއްލާން މަސައްކަތްކުރާ ކޮންމެ ފަހަރަކު އެމްޑީޕީ އިސްވެ އޮވެ ގައުމުގެ ހަމަޖެހުން ނަގާލަން، ކުރީގައި ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ވިޔާނުދާ ކަންތައްތައް ފާހަގަކޮށް އެކަންކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ.
މީގެ އިތުރުން ނަރީޝް ވަނީ ނިމިދިޔަ ވެރިކަމުގައި ކުރި ބައެއް ވައްކަންތަކަށް ވެސް އަލި އަޅުވާލައްވައިފައެވެ. އެ ގޮތުން އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ކަހަލަ އިޚްލާސްތެރިކަމެއް ނެތް ކަމަށާއި ވެރިކަން ނިމެން ފަސް ދުވަހަށް ވެފައި ވަނިކޮށް ފައިސާދޭނެ ގޮތެއް ނެތި މަހުގެ އަގު މަތިކުރުމާއި ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ތެރެއިން އެމްޑީޕީގެ ލީޑާރޝިޕްގެ ނުފޫޒުގަދަ ބޭފުޅުންނަށް އެންމެ ޕްރައިމް ލޮކޭޝަންތަކުން ގޯތި ދީފައިވާކަން ފާހަގަ ކުރައްވައިފައެވެ.
ނަރީޝް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ރައްޔިތުންގެ ދިފާޢުގައި ޤާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކަންކަން ރަނގަޅަށް އެތުރިފައިވެއެވެ. އެހެންކަމުން ދައުރުގެ ބާކީ އޮތްބައިގައި ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންނަވާތަން ބަލަން އެމްޑީޕީން ހަމަޖެހިގެން ތިބެން އޭނާ ވަނީ ގޮވާލައްވައިފައެވެ.