ENGLISH

20 އޭޕްރީލު 2025

Advertisement

ބަދަލު ދިން މައްސަލައިގައި ސޯލިހުގެ މައްޗަށް ތަހުގީގު ހިންގުމަށް ކޮމިޓީން ފާސްކޮށްފި

11 ޑިސެމްބަރު 2024

|

އެމް އެމް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު

އެމްޑީޕީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ މުދަލާއި ފައިސާގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ލަފާދިނުމުގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައިދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ބޭފުޅެއްގެ މައްޗަށް ޖިނާއީ ތަހުގީގެއްކޮށް ދައުވާ ކުރަން ފާސްކޮށްފައިވެ އެވެ.

އެއީ ސެޓަލްމަންޓް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިބެ ބައެއް ފަރާތްތަކުން ގާނޫނާ ހިލާފަށް ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ކޮމިޓީގެ ނިންމުމުގައި ބުނެފައިވެ އެވެ.

ބަދަލު ދިނުމުގެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ކޮމިޓީން ވަނީ 2019 އިން ފެށިގެން 2023 އަށް ވެފައިވާ އެއްބަސްވުންތަކަކީ ބާތިލް އެއްބަސްވުންތަކެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި ބަދަލުގެ ގޮތުގައި ދީފައިވާ ތަކެތި އަނބުރާ ދައުލަތަށް ނެގުމަށް ކަމާ ގުޅުން ހުރި ފަރާތްތަކަށް އެނގުމަށް ވެސް ކޮމިޓީއިން ފާސްކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު