ENGLISH
20 އޭޕްރީލު 2025
އެމްޑީޕީއިން ނިކުމެގެން މިއުޅެނީ ރައްޔިތުންނާ ދެކޮޅަށް: މެމްބަރު އިބްރާހިމް
11 ޑިސެމްބަރު 2024
|
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުޞައިން އެމްއެމް ޓީވީގެ "ރައްޔިތުންގެ ދިފާއުގައި" ޕްރޮގްރާމުގައި
އެމްޑީޕީއިން ނިކުމެގެން އުޅެނީ ރައްޔިތުންނާ ދެކޮޅަށް ކަމަށް ދެކުނު ފުވައްމުލައް ދާއިރާގެ މެމްބަރު އިބްރާހިމް ޙުޞައިން ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ރައްޔިތުންގެ ދިފާޢުގައި" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވީ ރައްޔިތުނަށްޓަކައި އެކުލަވައިލާ ޤާނޫނުތަކުގެ ފޮނި މީރުކަން ފެންނާނީ ޢަދުލު އިންސާފު ޤާއިމްކޮށްގެން ކަމަށާއި އެމްޑީޕީއިން މަސައްކަތް ކުރަމުންދަނީ އެއާ އިދިކޮޅަށް ކަމަށެވެ. އަދި މިހާރު އެމްޑީޕީއިން ޤާނޫނު އަސާސީ ދިފާއު ކުރުމުގެ ނަމުގައި އެ ނިކުންނަނީ އެމީހުން ވެރިކަމުގައި ކުރި ވައްކަންތައް މި ސަރުކާރުން ބައްލަވާފާނެތީ އެކަމާ ބިރުން ކަމަށް މެމްބަރު ސިފަކުރެއްވިއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޤާނޫނު އަސާސީއަށް ގެންނެވި ބަދަލު ތަކަކީ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް، ގެންނެވި އިޞްލާޙު ތަކެއް ކަމަށް އިބްރާހިމް ޙުޞައިން ވިދާޅުވިއެވެ. މިހާރު އެމްޑީޕީއިން މަސައްކަތް ކުރަމުން އެ ގެންދަނީ ރައްޔިތުންނާ މި ސަރުކާރާ ދެމެދު އޮތް ބްރިޖް ކަނޑާލަން ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. އަދި މިއީ ހަމަ ޖެއްސުން ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށްވެސް މެމްބަރު ސިފަކުރެއްވިއެވެ.
" ޤާނޫނު އަސާސީ ދިފާޢުކުރާކަށް ނޫން. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ދިފާޢުގައި. އަޅުގަނޑުމެންގެ ރައީސަކީ އަބަދުވެސް ރައްޔިތުން ފަޅީގައި ހުރެގެން، ރައްޔިތުންގެ އަޑު އަހައިގެން، ބަރާބަރަށް ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި ދެމިހުންނެވި ބޭފުޅެއް" - މެމްބަރު އިބްރާހިމް
މީގެ އިތުރުން، އެމްޑީޕީއަށް އަދިވެސް ޤާނޫނު އަސާސީއަށް ގެންނަން ޖެހެނީ ކޮން އިޞްލާޙެއްތޯ ބުނެވިފައި ނުވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.